ގއ. ވިލިގިލި ޕޮލިސް އެކޮމެޑޭޝަންގައި ރޯވެ ދެ ފުލުހުން ފިހިއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގއ. ވިލިގިލި ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް އަދައިފިއެވެ. އަދި މިހާދިސާގައި ދެ ފުލުހަކު ވަނީ ފިހިފައެވެ.
ރޭ 1:30 ހާއިރު ހިނގާފައިވާ މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ސޯޓޭޖްއެއްގެ ސަބަބުން ކަމަށް ބެލެވޭކަމަށް ެރަށު ކައުލްސިލް މައުލޫމާތު ދެއްވައެވެ.
މިހާދިސާގައި ފިހުނު ދެފުލުހުން ވަނީ އިތުރު ފަރުވާއަށް ތިނަދޫއަށް ފުރުވާލާފައެވެ. ދެފުލުހުން ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ކައުންސިލާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް