އާދަމް ޝަރީފް، މާރިޔާ އަދި އިބްރާހިމް ވަޙީދުވެސް އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިތުރު ތިން ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެގޮތުން އިސްތިއުފާ ދެއްވީ، ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)، ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އަދި ސިޓީ ތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ.
މި ތިން ބޭފުޅުންގެ އިތުރުން، މިހާތަނަށް ޖުމުލަ 9 ވަޒީރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ސަރުކާރުންނާއި ވަޒީރުންވެސް ހާމަކުރައްވާފައި ނުވެއެވެ.
ކެބިނެޓްގެ ގިނަ ވަޒީރުންތަކެއް އިސްތިއުފާ ދެއްވާފައުވާއިރު، ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް މަގާމުތަކުން އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ. އަދި ބައެއް ބޭފުޅުން ވަނީ މަގާމުން ވަކިވެސް ކޮށްފައެވެ.
އެގޮތުން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ އިސްވެރިން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް