އަނެއްކާ ވެސް ވޭޕްގެ ބޮޑު ސްޓޮކެއް އަތުލައިގެންފި، މި ފަހަރު 6،328 ވޭޕް ކާޓްރިޖް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަނެއްކާ ވެސް ވޭޕްގެ ބޮޑު ސްޓޮކެއް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިރޭ ބުނީ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ.
މިއީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި ބަލާފާސްކުރިއިރު 6،328 ވޭޕް ކާޓްރިޖް ފެނިފައިވެ އެވެ.
ކަސްޓަމްސްއިން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަން ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް