ފަތުރުވެރީން އަންނަ އަދަދު އިތުރުވާން ފަށައިފި، މިހާރު ދުވާލަކު 5000 އާދޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖެއަށް އަންނަ ފަތުރުވެރީންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ގިނަ ފްލައިޓްތަކެއް ކެންސަލްވެ ފަތުރުވެރީން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވި ކަމަށެވެ.
ނަމަވެސް ފަތުރުވެރީން ގެނެވޭނެ އިތުރު ގޮތްތައް ހޯދުމަށް ކުރެވުނު މަސައްކަތުން ރާއްޖެއަށް އަންނަ ފަތުރުވެރީންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ. މި އަަހަރުގެ މިހާތަނަށް ހަތް ލައްކައަށް ވުރެ ގިނަ ފަތުރުވެރީން ވަނީ ޒިޔާރަތް ކޮށްފަ އެވެ.
އަދި މި މަހު ވަނީ 56,136 ފަތުރުވެރީން ރާއްޖެ އައިސްފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ދުވާލެއްގެ މައްޗަށް ފަތުރުވެރީން އަންނަ ނިސްބަތް މިހާރު ހުރީ 5,103 ގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް