ކުޅިވަރު ޓީމްތަކުގެ މުސާރައިގެ މިންތީގެ ތަފާތުތައް ނައްތާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރު ޓީމްތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގައި މިންތީގެ ތަފާތުކުރުންތައް ނައްތާލައި، އެއް ހަމަަައަކުން މުސާރަދޭން ނިންމައިފިއެވެ
މިގޮތަށް އަމަލުކުރަން ނިންމާފައިވާކަން ކުޅިވަރާއި ބެހޭ މިނިސްޓަރ އަހުމަދު މަޚުލޫފް ވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
މިނިސްޓަރ މަޚުލޫފް ވިދާޅުވީ އަންހެން އަދި ފިރިހެން ގައުމީ ޓީމްތަކަށް ދެވޭ އެލަވަންސްގެ ފަރަގު ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގަައި ނައްތަވާލަން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު ސްޕޯޓްސް ކައުންސިލްގެ ލަފަޔާއި އެކު ފުއްދަވާފައިވާކަމަށެވެ.
މަޚުލޫފް ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ކުޅިވަރުގައި ޖިންސު ތަފާތުކުރުމެއްނެތި 5000 ރުފިޔާ ދެއްވާނެކަމަށް ވައުދުވެ ވަޑައިގަންނަވާފައެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަބަޔަކު ދަނީ މަޚުލޫފަށް ތައުރީފުކޮށް ޝުކުރުއަދާކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް