އަންނަ ރިޔާސީ އިންތިޚާބާއި މެދު އަދި ނުވިސްނަން: ރައީސް ޔާމީން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި މެދު އަދި ނުވިސްނަވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، 18 ފަރާތަކަށް ޕީޕީއެމްގެ މަޖިލިސް ޓިކެޓް ދިނުމަށް މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ 2023 އަދި އޮތީ ވަރަށް ދުރުގައިކަމަށާއި އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި މެދު ވަކިގޮތެއް ނުނިންމަވާކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެ އަހަރުގައި އެމަނިކުފާނު ހުންނަވާނީ 65 އަހަރުން މަތިވެފައި ކަމަށާއި، އުމުރުން އެހާވަރު ވުމުން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގެން އުޅުއްވުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމެއް ނޫންކަމަށެވެ.
އަދި އެ އަހަރު ވާދަކުރުމާއި ނުކުރުމާއި ހިސާބަށް ދާނީ ވަކި މަރުހަލާތަކެއް ކަޑައްތުކުރުމަށްފަހުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ޕީޕީއެމްއަށް ދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނާއި މަރުގެ މައްސަލަތައް ބަލާ ކޮމިޝަންތަކުގައި ގާނޫނީ ގޮތުން ފުށޫ އަރާ ބައެއް ކަންތައްތައް ހުރިކަމުގައިއެވެ.
އަދި އެމަނިކުފާނު ވަނީ ނިމިދިޔަ ސަރުކާރުން ހިނގައިދިޔަ ހުރިހާ ކޮރަޕްޝަންގެ މައްސަލައެއް އެމަނިކުފާނުގެ ބޮލުގައި އަޅަން މަސައްކަތްކުރުމަކީ ގޯހެއްކަމަށް ފާހަގަކުރައްވާާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް