N/A
N/A
ހަބަރު 29 Nov 2018 | 04:43

ސަރުކާރުގެ ނިންމުން ލާދީނީއޭ ނުބުނެވޭނީ ކީއްވެގެންތޯއެވެ؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ދިވެހި ރާއްޖޭގެ ގާނޫން އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށް ކަނޑައަޅައި އިސްލާމީ ޝަރީއާ އާއި ޚިލާފް އެއްވެސް ގާނޫނެއް އެއްވެސް ނިންމުމެއް ނިންމައިފިނަމަ އެގާނޫނެއް އަދި އެކަމެއް ބާތިލްވާނެކަމަށް ބަޔާންކުރެވިފައިވާއިރު އަދި ދިވެހި ރާއްޖޭގެ ވެރިކަމަށް އިސްވާމީހަކު ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހާޟިރުގައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި އިސްލާމްދީން ހިމާޔަތްކުރުމަށް ﷲ ގަންދީ ހުވާކުރުމަށްފަހު ދިވެހި ސަރުކާރުން އިސްލާމީ ޝަރީއާގެ ހުކުމަކަށް ނޫނެކޭ ބުނެވޭނެ ގޮތެއް އޮންނާނެތޯއެވެ. އެކަމަކު އެކަން ކުރެވިއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަށް އަދި މަސް ދުވަސްވެސް ނުވަނީސް އދގެ އާއްމު މަޖިލީހުން އެކުލަވާލާފައި އޮންނަ " މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ"ނުވަތަ މަރުގެ ހުކުމް ތަންފީޒުނުކުރުމާއިބެހޭ ގަރާރުގައި ދިވެހި ރާއްޖެއިން ބައިވެރިވާނެކަމަށް ސަރުކާރުން އިއްޔެ މިވަނީ އިއުލާންކޮށްފައެވެ.

ދިވެހި ރާއްޖެއަކީ އިސްލާމީ ގައުމަކަށްވާތީ އދ ގައި ދިވެހި ރާއްޖެއިން ބައިވެރިވީއްސުރެ އެޖަމާއަތުގެ ގަރާރުތަކާއި މުއާހަދާތަކުގައި ދިވެހި ރާއްޖެއިން ބައިވެރިވަނީ ރިޒަވޭޝަންތަކެއް ބޭއްވުމަށްފަހުއެވެ. އެއީ އިސްލާމީ ޝަރީއާއާއި ފުށުއަރާކަންކަން ދިވެހި ރާއްޖެއިން ތަންފީޒުނުކުރާނެކަމަށް ކަނޑައެޅުމަށްފަހުއެވެ. އެގޮތަށް އަމަލުކުރަމުން އަންނަނީ ދިވެހި ރާއްޖެއިން ކޮންމެހެން އިސްލާމީ ޝަރީއާގައި ހިމެނޭ ހުރިހާކަމެއް ތަންފީޒުކުރާތީއެއް ނޫނެވެ.

މިއީ އިސްލާމްދީން ހިމާޔަތްކުރުންކަމަށް ވާނެތަ؟

ކޮންމެއަކަސް ދިވެހި ރާއްޖެއިން ދަމަހައްޓަމުންއައިސްފައިވާ މިރިޒަވޭޝަންތައް އިއްޔެ ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރުން މިވަނީ އެހެންގޮތަކަށް ބަދަލުކުރަން ނިންމާފައެވެ. ދިވެހި ސަރުކާރުގެ މިނިންމުމަކީ ކުޑަކަމެއްނޫނެވެ. މިއީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނަ މީހަކު ޖަލްސާއަކަށްގޮސް ސޮއިޖަހާލާފައި އަންނަވަރަށްވުރެ މިކުޑަކުޑަ އިސްލާމީ ގައުމަށް ބޮޑުކަމެކެވެ.

ބޮޑުކަމަކަށްނުވާ މީހަކު ހުރެގެން ގޮތްގޮތަށް ވާހަކަ ދައްކަފާނެއެވެ. އެކަމަކު ކަނޑައެޅިގެން ކީރިތި ގުރުއާންގައި ﷲ ވަކިގޮތަކަށް މުސްލިމުން ކުރަން އަމުރުކުރައްވާފައި ހުންނަކަންކަން ޚާއްސަކޮށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައި ހުންނަ ބޮޑެތި ހުކުމްތަކަށް އަމަލުނުކުރާނެކަމަށް ސަލާމަތް ބުއްދި ހުރި އިސްލާމަކު ބުނެފާނެކަމަށް ގަބޫލުކުރަން ދަތިވެއެވެ. އަދި ﷲ ގަންދީ ކުރި ހުވާގެ މަތިން ހަނދާންނެތޭހާ ގިނަދުވަހެއްވެސް ވީއަކީ ނޫނެވެ.

ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވިޔަސް މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ކިތަންމެ ކަމެއް ނުކޮށް މީހުންތިބެއެވެ. ނަމާދުނުކުރާ ކިތައް މީހުން އެބަތިބި ތޯއެވެ. އަތް ނުކެނޑިޔަސް ވައްކަންކުރާ މީހުންވެސް އެބަތިއްބެވެ.

ދައުލަތުން އިސްލާމީ ޝަރީއަތުގެ ހުކުމެއް ކަނޑައެޅިފައި އޮންނަ ގޮތަށް ތަންފީޒުނުކޮށް އޮތުމަކީ އެހުކުމާއި ދެކޮޅުހަދަންޖެހޭ ސަބަބެއްތޯއެވެ. ޒިނޭކުރާ މީހުންގެ ގައިގައި ހައްދު ނުޖަހާނަމޭ، ވައްކަންކުރާމީހުންގެ އަތްނުކަނޑާނަމޭ، މީހުން މަރާމީހުންގެ މައްޗަށް ގިސާސްގެ ހުކުމް ނުހިންގާނަމޭ ބުނާމީހާގެ މައްޗަށް އޮތް ގޮތް އިސްލާމީ އިލްމުވެރިން ކަނޑައަޅާނެއެވެ.

ކީރިތި ޤުރުއާންގެ ވަހީގެ ބަސްފުޅުތަކަށް އިންކާރުކުރުންކަމަށް ނުވާނެތޯއެވެ. އަޅުގަނޑު ކިޔާނީ މިއީ ސަރުކާރުން ކުރި ލާދީނީ ކަމެއްކަމަށެވެ. މިއީ ދީނާ އެއްކޮޅު އަދި ދީން ދިފާއުކުރުންކަމަށް ހެދޭނެ ގޮތެއް އޮންނާނެތޯއެވެ.

ހިތާމަހުއްޓެވެ. މިވާހަކަ ދައްކާނެ ދުލެއް މިއަދު މިގައުމުގައި ނެތުނީއެވެ. ފައިސާއާއި ވަޒީފާއާއި ގުޅޭ ކަމަކަށްނުވާތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް އަޅާލާނެކަމަކަށް ނުބެލެވެއެވެ. ސަރުކާރުގެ މިނިސްޓަރަކު މަޖިލީހުގެ މެމްބަރަކު ކަންބޮޑުވެގެންނެއް ނޫޅުއްވައެވެ.

ކީރިތި ގުރުއާންގެ އަމުރުފުޅުތަކަށް ލޯބިކުރުމަށްވުރެ ހިތާހިތުގެ ގުޅުމޭ ކިޔާ ގުޅުމަކުން އުފެދިފައިވާ ލޯތްބަކުން މީސްތަކުންގެ ހިތްތައް ކަނުކޮށްފިކަހަލަ އެވެ. އެމީހުންގެ ދުލުކުރީގައި ސުވާލަކަށް އޮތީ ދިވެހި ރާއްޖޭގެ ކޯޓަކުން އިންސާފުވެރި ޝަރީއަތެއް ނުކުރާއިރު ގިސާސް ހިފުމުގެ ހުކުމް ތަންފީޒުކުރާނީ ކޮންގޮތަކުންހެއްޔެވެ. މިއީ ޔަހޫދީން އެމީހުންގެ މައްޗަށް ބާވައިލެއްވި ހުކުމްތަކަށް ދެކޮޅުހަދަން ދެއްކި ކަހަލަ އުޒުރުތަކެވެ.

ގިސާސް ހިފުމުގެ ހުކުމަށް ނޫނެކޭ ބުނަން އދގައި ވާހަކަދެއްކެވި ދިވެހި ސަރުކާރުގެ މަންދޫބުގެ ހިސްޓްރީއެއް އެބައޮތެވެ. އެމަނިކުފާނު ރާއްޖޭގެ ޚާރިޖީ ވަޒީރަކަށް ހުންނަވަނިކޮށް އދގެ ހިއުމަންރައިޓްސް ކޮމިޝަންގެ ވެރިޔާ ނަވީ ޕިއްލާ ރާއްޖެ ގެނެސް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަން ފުރުސަތުދިނުމުން ޒިނޭކުރާ މީހުންގެ ގައިގައި ހައްދުޖެހުމަކީ ނާތަހުޒީބު ކަމެކޭ ކިޔައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކައި ނިމުނީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕިއްލޭއަށް ތާރީފްކޮށް އަތްޖަހައި ހެދިއެވެ. އެކަމާގުޅިގެން އޭރުގެ ފޮރިންމިނިސްޓަރަށް ފާޑުކިއުންތައްވެސް އަމާޒުވިއެވެ.

ރާއްޖޭގެ މީޑިއާއަކުންވެސް މާބޮޑުކަމަކަށްނުވާނެއެވެ. މިއީއަކީ އަނގަމަތީގައި ޓޭޕްއަޅައިގެން މަގުމައްޗަށް ނުކުންނަންޖެހޭވަރުގެ ބޮޑުކަމަކަށް ނުވާނެއެވެ.

ލަފާކުރެވެގޮތުން ދެން ދިވެހިރާއްޖެއިން ވާހަކަދައްކާނީ ޒިނޭކުރާމީހުންގެ ގައިގައި ހައްދު ޖެހުމަށް އޮންނަ ހުކުމާއެވެ. ގިނައިން ހައްދުޖަހަނީ އަންހެނުންގެ ގައިގައޭ ފިރިހެނުންގެ ގައިގައި ނުޖަހައޭ އިންސާފެއް ނޫނޭ އަންހެނުންނަށް އެކަނި އަދަބު ދިނުމަކީ، މިއީ ދައްކަމުންދާ ބަހަނާގެ ވާހަކަތަކެވެ.

ގިސާސް ހިފުމުގެ ހުކުމާ އިންކާރު ކުރަން ކެރުނު އިރު ހައްދުގެ ހުކުމަށް އިންކާރު ނުކުރާނެއޭ ބުނެވެން ނުއޮންނާނެ ނޫންތޯއެވެ. ކުރީގެ ފޮރިން މިނިސްޓަރ ޑޮކްޓަރ ޝަހީދު މިހާރުވެސް ހަރުއަޑުން އެގޮވާލައްވަނީ ހައްދުޖެހުން ހުއްޓުވާލުމަށެވެ. އަނެއްކާ ސަރުކާރުން މިހާރު ކުރާ މިބާވަތުގެ ކަންކަމާ ދެކޮޅު ހަދާނެ ބަޔަކުވެސް މިހާރު ނުތިބޭނެއެވެ. އެހެންޏާ އެކަންކުރި އަދާލަތު ޕާޓީ އެއޮތީ އެމްޑީޕީގެ ސަރުކާރު ދަމަހައްޓަން ކޮންމެ އަގެއް އަދާކުރަންވެސް ތައްޔާރަށެވެ.

އަފްރާޝީމާއި ޔާމީން ރަޝީދާއި ރިޟުވާނުގެ މަރަށް އޮތީ ކޮން އިންސާފެއް؟

އެކަމަކު ހިތާމަހުރި ކަމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ އިސްލާމްދީނަށް ލޯބިކުރާ މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއްކަމަށް ބުނެވޭއިރު އެމަނިކުފާނުގެ ވަށައިގެން ތިބި މީހުން ކުރާކަންތަކުން އޭގެ ހުރިހައި ބަދުނާމަކާއި މީހުންގެ ލައުނަތް ރައްދުވާނީ ރައީސަށެވެ. ރައީސް އޮފީހުގެ މިނިސްޓަރަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޯމަތިވެފައި އޮއްވައި މީހުންގެ ފާޑުކިޔުންތަކާއި ރުޅިއަށް ބެލުމެއްނެތި މިބާވަތުގެ ކަންކަން ކުރީމާ އެގެނީ އެކަންކުރަން ކަނޑައަޅައިގެން ތިބި މިންވަރެވެ. ޕާޓީގެ ސިޔާސީ މަސައްކަތަށް ލިބިދާނެ ގެއްލުމަކާމެދު ހޭވެރިކަމެއް ނެތެވެ.

ސަރުކާރުން އިއްޔެ މި އާއްމުކުރި ސިޔާސަތުން ވަރަށް މުހިއްމު ކަމެއް ސާފުވެގެން ހިގައްޖެއެވެ. އެއީ އެމްޑީޕީގެ އިންސާފުގެ ދަތުރަކީ ހަގީގަތެއް ނޫންކަމެވެ.

އަފްރާޝީމްގެ ގާތިލް ހުމާމަށް ބުނެދިނީ ކަލޭ ބިރުގަންނާނެކަމެއް ނެތެވެ. ޜިޟުވާނާއި ޔާމީން ރަޝީދުގެ ގާތިލުންނަށްވެސް ހަމަ އެވާހަކައެވެ. އެއާއިލާތަކަށް އިންސާފު ހޯދައިދޭނެކަމަށް ތިބުނަނީ އޭގެފަހަތުގައި ތިބީ މިވެނިބައެކޭ ބުނެލުންތޯއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ތަމަޅަ ޓެރަރިސްޓުންގެ ބަޔަކު ގޮވައިގެން ރާއްޖެއަރައި ދިވެހިންގެ އެތައް ބަޔަކު މަރައިހެދުމުން އުމުރު ދުވަހުގެ ޖަލު ހުކުމްގައި ހުރި ލުތުފީއަށް އެމްޑީޕީގެ ވެރިކަމުގައި ދިން ދޫ އެންމެންނަށް އޮތީ ފެނިފައެވެ.

ގޮތްނެގޭ ގޮތްގޮތުން މެރި ދެތިން މީހެއްގެ މަރުގެ ހަގީގަތް ހޯދަން އުފެއްދި ކޮމިޝަނުގެ ބޭނުމަކީ މޫނުމަތި ރީތިކުރުން ނޫން ދެން ކޮންކަމެއް ކުރަންތޯއެވެ. އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ ބަޔަކު ލައިގެން ކޮމިޝަނެއް ހެދީމާ އެއިން ނުކުންނާނެ ނަތީޖާއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން ކަމެއް ނިންމުމުން ނުކުންނާނެ ނަތީޖާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...