އަހާ ފޯރަމްގައި އިހްސާން ވާހަކަދައްކަވަނީ- ފޮޓޯ/ ވޮއިސް
އަހާ ފޯރަމްގައި އިހްސާން ވާހަކަދައްކަވަނީ- ފޮޓޯ/ ވޮއިސް
ހަބަރު 28 Sep 2026 | 02:23

ދެ އަހަރާ ބައިގެ ތެރޭގައި 1.5 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދައިފިން؛ މިއީ ރިކޯޑް އަދަދެއް: އިހްސާން

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 1.5 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށާ، މިއީ ކުރީގެ ސަރުކާރުތަކާ އަޅާ ބަލާއިރު ރިކޯޑް އަދަދެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ދިޔަ ވަޒީރުންގެ ”އަހާ“ ފޯރަމް ގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަ ހައްލު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން، ފާއިތުވި ގާތްގަނޑަކަށް ދެ އަހަރާ ބައިގެ ތެރޭގައި 1.3 ޓަނުގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކުން ނަގާފައިވާ ކަމަށެވެ.

”އެއީ ދިވެހި ރުފިޔާއިން ކިޔާ ނަމަ، އޭގެ މަގުމަތީ އަގަކީ 1.5 ބިލިއަން ދިވެހި ރުފިޔާ. މިއީ މި ފާއިތުވި ތިން އަހަރަށް ބަލާއިރު، އޭގެ ކުރީގެ ހުރިހާ ސަރުކާރެއްގެ ފުރަތަމަ ތިން އަހަރާ ބަލާއިރު ރެކޯޑް އަދަދެއް.“ އިހްސާން ވިދާޅުވިއެވެ.

ރޭގެ އަހާ ފޯރަމްގެ ތެރެއިން- ފޮޓޯ/ ވޮއިސް

މީގެ އިތުރުން، ޑްރަގް ކެފޭގެ މައްސަލައަށް އަލިއަޅުވާ ލައްވައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، ޑްރަގުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ގޮންޖެހުމަކަށް ވެފައި އޮތް އެއް ކަމަކީ ޑްރަގު ކެފޭގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަން ރެއިޑްކޮށް ބަންދު ކުރުމުންވެސް ތަކުރާރުކޮށް އެތަންތަނުގައި ޑްރަގުގައި ވިޔަފާރި ހިންގުން ކަމަށެވެ.

މިކަން އެބަދޭ ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން. މިކަމަށް ހައްލު ހޯދުމަށް ވަރަށް ފްރިކުއެއްޓްކޮށް އެތަންތަން އެބަ ރެއިޑްކުރަން. އެބަހުރި އެއްގެއަށް ގާތްގަނޑަކަށް 140 އަށްވުރެ ގިނަ ފަހަރު، މިދިޔަ ދެ އަހަރާއި ބައިގައި ރެއިޑްކޮށްފައި.

ޢަލީ އިހްސާން

އެ މައްސަލަ ހައްލުކުރުމަށް އެފަދަ ތަންތަން ކޯޓް އަމުރެއްގެ ދަށުން ބަންދު ކުރަމުންދާ ކަމަށާ، އެގޮތުން ބަންދު ކުރުމުންވެސް އެކަން ކުރާ ނަމަ އެތަންތަން ދައުލަތަށް ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އެގޮތުން މިހާރު ވާނެ 17 ތަނެއް ބަންދުކުރުވާފައި. މި ފާއިތުވި ތިން ހަތަރު މަސްތެރޭގައި 17 ތަނެއް. އެއީ އައްޑު އަތޮޅުގެ 4 ތަނާ، ފުވައްމުލަކުގެ 1 ތަނާ، މާލޭގެ 12 ތަން.

ޢަލީ އިހްސާން

އިހްސާން ވިދާޅުވީ، މި އަހަރުގެ ނޮވެންބަރު މަސް ފެށެންވާއިރަށް މާލެ ސަރަހައްދުގައި ޑްރަގް ކެފޭގެ ގޮތުގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ތަނެއްވެސް ބަންދުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ރޭގެ އަހާ ފޯރަމްގެ ތެރެއިން- ފޮޓޯ/ ވޮއިސް

މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ތަންތަން ބަންދުކުރުމުގެ ބާރު ފުލުހުންނާއި ކޯޓުތަކަށް ލިބިދޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުތަކަށް 7 މާރިޗު 2026 އިން ފެށިގެން ފެށިގެންނެވެ.

މި ގެނެވުނު އިޞްލާޙުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ ތަންތަން 24 ގަޑިއިރުގެ މުއްދަތަށް ބަންދުކުރުމުގެ ނޯޓިސް ދިނުމުގެ އިޚްތިޔާރު ފުލުހުންނަށް ވަނީ ދީފައެވެ. އަދި އެފަދަ ތަންތަން އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރު ނެރުމުގެ ޤާނޫނީ ބާރު ކޯޓުތަކަށް މިހާރު ވަނީ ލިބިދީފައެވެ.

ޤާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމަށް ތަނެއް ދެއްކުމާއި އެފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އެފަދަ ކުށެއް ސާބިތުވެއްޖެނަމަ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އައުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މީގެއިތުރުން، އެ ތަނަކީ މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ތަނެއްކަން އެނގިހުރެ އެކަމަށް ހުއްދަދިނުމާއި އެކަން ހުއްޓުވަން މަސައްކަތް ނުކުރުމަކީ ވެސް، އެ ތަނެއްގެ ވެރިފަރާތާއި، ކުއްޔަށް ހިފާފައިވާ ފަރާތް ނުވަތަ އެ ތަނެއް ބެލެހެއްޓުމާ ޙަވާލުވެހުރި ފަރާތަކުން ކުރާ ޤާނޫނީ ކުށެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުންނަ މުއްދަތުގައި، އެއްވެސް ހުއްދައަކާ ނުލައި އެފަދަ ތަންތަނަށް ވަދެނިކުމެ ހެދުމަކީ މަނާކަމެކެވެ. އަދި ބަންދުކޮށްފައިވާ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކަށާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ ދެކޮޅަށް ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.