އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީ އިފްތިތާހުކުރުމުގެ ތެރެއިން-- ފޮޓޯ/ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީ އިފްތިތާހުކުރުމުގެ ތެރެއިން-- ފޮޓޯ/ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ހަބަރު 25 Jan 2026 | 11:26

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީ ފަށައިފި

ރ. އުނގޫފާރު ހޮސްޕިޓަލުގައި، ކެންސަރު ބަލިޖެހިފައިވާ މީހުންނަށް ޚާއްޞަ، ކީމޯ ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ.

މިއީ، މާލެއިން ބޭރުން ރާއްޖޭގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށި 3 ވަނަ ހޮސްޕިޓަލެވެ. ރާއްޖޭގައި ފުރަތަމަ ކީމޯގެ ޚިދުމަތް ފެށީ، 2014 ވަނަ އަހަރު މާލޭގައެވެ. އެއަށްފަހު މާލެއިން ބޭރުން އެންމެ ފުރަތަމަ ކީމޯގެ ޚިދުމަތް ފެށީ 2020 ވަނަ އަހަރު ނައިފަރުގައި ޅ.އަތޮޅު ހޮސްޕިޓަލުގައެވެ. އޭގެފަހުން، 2023 ވަނަ އަހަރުގެ ތެރޭގައި ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ކީމޯ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދޭގޮތުގައި މި ޚިދުމަތް ފެށުމަށް ބޭނުންވާ 2 ނަރުހުން މިހާރު ވަނި ތަމްރީނުކޮށްފައެވެ. އަދި މިކަމަށްޓަކައި ޚާއްޞަ ކީމޯ ރޫމެއް ޤާއިމުކޮށް، އެއްފަހަރާ 2 މީހުންނަށް ކީމޯ ސެޝަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ކީމޯތެރަޕީ ނެގުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރަން މިހާރު ވަނީ މި ހޮސްޕިޓަލުން ހުޅުވާލާފައެވެ. ކެންސަރުގެ އެކި ބާވަތްތަކަށް އަދި އެކި ބަލި މީހުންނަށް ކީމޯ ދިނުމުގެ ޓްރީޓްމަންޓް ޕްލޭން ތަފާތުވާނެތީ، ރާއްޖެއިން ބޭރުން ކީމޯގެ މުއްދަތުގައި ބޭނުންވާ ބޭސް ހޯދުމަށް ހޮސްޕިޓަލަށް އެކަށީގެންވާ ވަގުތު ބޭނުންވާނެތީ، އެ މައުލުމާތު ހިއްސާކޮށް، ހޮސްޕިޓަލަށް ގުޅައިގެން ކީމޯގެ ސެޝަނަށް ބޭނުންވާ ބޭސް ހޯދުމުގެ ކަންކަން ހަމަޖެއްސުމަށް އެހޮސްޕިޓަލުން އެދެއެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނަ މުހުން ބޭސްފަރުވާއަށް ބޭރަށް ދާން ޖެހޭ ދާއިމި އެންމެ ބޮޑު ބައްޔަކި ކެންސަރެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ތަފާސްހިސާބަށް ބަލާއިރު، ރ.އަތޮޅަކީ ރާއްޖޭގައި 4 ވަނައަށް އެންމެ ގިނައިން ކެންސަރު ބަލި މީހުން ރަޖިސްޓަރކޮށްފައިވާ އަތޮޅެވެ. އެގޮތުން މިވަގުތުވެސް ރ.އަތޮޅުގައި މިވަގުތު ކެންސަރަށް ފަރުވާ ހޯދަމުންދާ 58 ބަލި މީހުން އެބަތިއްބެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

އެކްސްރޭ މެޝިން ހަލާކުވެ، އެ ޚިދުމަތް ހަމައެކަނި ކުއްލި ޙާލަތްތަކަށް - އުނގޫފާރު ހޮސްޕިޓަލް
20 Oct 2026 ހަބަރު

އެކްސްރޭ މެޝިން ހަލާކުވެ، އެ ޚިދުމަތް ހަމައެކަނި ކުއްލި ޙާލަތްތަކަށް - އުނގޫފާރު ހޮސްޕިޓަލް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މައި އެކްސްރޭ މެޝިން ހަލާކުވެ، އާންމުކޮށް އެކްސްރޭގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވުމުގެ ސަބަބުން، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.