ކޮމަންވެލްތްގައި ރާއްޖެ އަލުން ބައިވެރިވާން ފާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޮމަންވެލްތްގެ ޖަމިއްޔާއަށް ދިވެހިރާއްޖެ އަލުން ގުޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ކޮމަންވެލްތްއާއި އަލުން ދިވެހިރާއްޖެ ގުޅުމަށް ފެންނަކަމަށް ފާސްވެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަކުންނެވެ. މި ޖަމިއްޔާއާއި ރާއްޖެ އަލުން ގުޅުމަށް ވޯޓުދީފައިވަނީ 62 މެންބަރުންނެވެ.
ދިވެހިރާއްޖެ 2015ވަނަ އަހަރުގެ ތެރޭގައި ކޮމަންވެލްތުން ވަކިވެފައިވަނީ، އެ ޖަމިއްޔާއިން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒުފޯރުވުމަށް މަސައްކަތްކުރާ ކަމަށްބުނެއެވެ.
ކޮމަންވެލްތާ ރާއްޖެ އަލުން ގުޅުމަކީ ރައީސް އިބްރާހިމްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް