ނަންރީތިމާ
ނަންރީތިމާ
ލައިފްސްޓައިލް 09 Jan 2026 | 04:09

މާބަނޑު އަންހެނުން ނަންރީތިމާ ސައި ބުއިން ރަނގަޅެއް ނޫން: ދިރާސާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދިވެހިރާއްޖޭގައި ވަރަށް އާންމުކޮށް ހެދޭ އަދި ގިނަ ބަޔަކު ދަންނަ "ނަންރީތި މާ" ނުވަތަ އިނގިރޭސި ބަހުން ނަމަ "ބަޓަފްލައި ޕީ" އަކީ އެއިން ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ނަމަވެސް، މާބަނޑުއަންހެނުން އެ ބޭނުންކުރުން ރަނގަޅުނޫން ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ރާއްޖޭގެ ތަޖުރިބާކާރު އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ދާދިފަހުން ޑރ މުހައްމަދު އަލީ ވަނީ ނަންރީތިމަލުގެ ފައިދާއާ ބެހޭގޮތުން ވީޑިއޯއެއް ހަދާފައެވެ.

އެ ވީޑިއޯއާއެކު، ބައެއް މީހުން، މާބަނޑު އަންހެނުން ނަންރީތިމާ ބޭނުންކުރުމާ ބެހޭގޮތުން ސުވާލުކޮށްފައިވާކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

”މާބަނޑުމީހުން ނަންރީތިމަލުގެ ސައި، ނޫނީ ފެނަަށް އަޅައިގެން ނުވަތަ، ސެލެޑް ހަދައިގެންވެސް ބޭނުންކުރުމާމެދު ހެދިފައިހުރި ދިރާސާތަކުން ދައްކަނީ، ވަކިން ޚާއްސަކޮށް މާބަނޑުއިރު މި މާ ބޭނުން ނުކުރުން. އެއްވެސް ގޮތަކަށް ބޭނުން ނުކުރުން. އެއްވެސް ގޮތަކަށް މި މާ ބޭނުންކޮށްފިނަމަ ރަހިމު ފިތޭގޮތް ވުމުގު ފުރުސަތު މަތިވޭ. އެހެންވެއްޖެއްޔާ ކިއްޖާ ބައިގެންދިޔުމުގެ ފުރުސަތު އިތުރުވާނެ“ ޑޮކްޓަރު މުހައްމަދު ޢަލީ ވިދާޅުވިއެވެ.

މީގެ ކުރިން ޑޮކްޓަރު އާއްމުކުރި ވީޑިއޯގައި ބުނެފައިވާގޮތުން، އެމަލަކީ ހަށިގަނޑަށް ފައިދާހުރި ގިނަ ސިއްޙީ ގުނަވަންތަކެއް އެކުލެވިގެންވާ މަލެކެވެ.

ޑރ. މުހައްމަދު ޢަލީ ވިދާޅުވި ގޮތުގައި، މި މަލަކީ ރާއްޖޭގައި ވަރަށް ގިނައިން ބޭނުންކުރަމުން އަންނަ މަލަކަށް ވާއިރު، މަލުގެ ފައިދާއާ ބެހޭގޮތުން ގިނަ ބަލިމީހުން ސުވާލުކުރެއެވެ. އަދި ނަންރީތި މާ ހޫނުފެނަށް އަޅައިގެން ތައްޔާރުކުރާ ސައި ބުއިމަކީ ހަށިގަނޑަށް އެތައް ފައިދާއެއް ލިބިގެންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަންރީތި މަލުން ލިބޭ މައިގަނޑު ފައިދާތައް:

ހަކުރު ކޮންޓްރޯލްކުރުން: ކެއުމަށްފަހު ހަށިގަނޑުގެ ހަކުރު މަތިވާ މިންވަރު ކުޑަކޮށްދީ، އިންސިއުލިން އުފައްދައިދޭ މިންވަރު އިތުރުކޮށްދެއެވެ.

ސަރުބީ މަދުކުރުން: ހަށިގަނޑުގައި ހުންނަ ސަރުބީގެ މިންވަރު މަދުކޮށްދިނުމުގެ އިތުރުން، ކެއުމަށްފަހު ލޭގައި "ޓްރައިގްލިސަރައިޑް" ނުވަތަ ކޮލެސްޓްރޯލް މަތިވާ މިންވަރު ދަށްކޮށްދެއެވެ.

ވިހަ ބޭރުކުރުން: މީގައި ހިމެނޭ "އެންޓިއޮކްސިޑަންޓް" ތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދެއެވެ.

ޑޮކްޓަރު އިރުޝާދު ދެއްވާ ގޮތުގައި، މި ސައި ތައްޔާރުކުރުމަށް ބޭނުންކުރަންވާނީ ގާތްގަނޑަކަށް 1 ނުވަތަ 2 ގްރާމްގެ ހިއްކާފައި ހުރި މަލެވެ. ނުވަތަ 20 ވަރަކަށް ތާޒާ މާ ބޭނުންކޮށްގެންވެސް މި ސައި ތައްޔާރުކުރެވިދާނެއެވެ.

މި ސައި ބުއިމުން އޭގެ އަސަރު ދެތިން މިނެޓާއި ގަޑިއިރެއްގެ ތެރޭގައި ފެންނަން ފަށާނެއެވެ. އަދި މި އަސަރު ގާތްގަނޑަކަށް 3 ގަޑިއިރާއި 6 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ހަށިގަނޑުގައި ހުންނާނެއެވެ. ނަމަވެސް 6 ގަޑިއިރު ފާއިތުވުމުން އޭގެ އަސަރު މަޑުމަޑުން ކެނޑިގެންދާނެއެވެ.

ޑރ. މުހައްމަދު ޢަލީ ޚާއްސަކޮށް ފާހަގަކުރެއްވި ގޮތުގައި، ނަންރީތި މަލަކީ ސިއްޙީ އެހީތެރިކަމެއް ފޯރުކޮށްދޭ އެއްޗަކަށް ވީނަމަވެސް، މިއީ ބޭހުގެ ބަދަލުގައި ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ.

ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ބޭސްތައް ހުއްޓާލުމަށްފަހު މި ސައި ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށާއި، މިއީ މުޅި އުމުރަށް ބަލި ރަނގަޅުކޮށްދޭ ފަރުވާއެއް ނޫންކަންވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...