ވަޒީރު އަމީންގެ ދަރިކަލުން ދާނިޝް އެސްޓީއޯގެ ބޯޑުން އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ ދަރިކަލުން ދާނިޝް މުޙައްމަދު އަމީން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ދާނިޝް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އޭނާގެ އަމިއްލަ ވިޔަފާރީގެ ބޭނުމަށް ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް ހުންނަވަން ޖެހިވަޑައިގަތުމެވެ.
ބޯޑު މެންބަރެއްގެ ހައިސިއްޔަތުން ދާނިޝް އަދާކުރެއްވި ޚިދުމަތް ފާހަގަކޮށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ދާނިޝް ވަކިވެވަޑައިގަތުމާ ގުޅިގެން ހުސްވި ޑިރެކްޓަރުގެ މަޤާމަށް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބޭފުޅަކު ޢައްޔަނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް