އަންނަ ޖޫންމަހު "4 ނޭޝަން" މުބާރާތެއް ބާއްވަނީ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
އަންނަ ޖޫންމަހު އެފްއޭއެމްއާއި ގުޅިގެން ހާއްސަ "4 ނޭޝަން" ކަޕެއް ބާއްވަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް, އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި މުބާރާތުގައި 4 ގައުމެއް ހިމެނޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި މުބާރާތުގައި ހިމެނޭ 4 ގައުމަކީ، އިންޑިއާ، ޕާކިސްތާން، ދިވެހިރާއްޖެ އަދި ބަންގަލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމެވެ.
އަންނަ ޖޫންމަހު އެފްއޭއެމްއާއި ގުޅިގެން ހާއްސަ 4 ނޭޝަން ކަޕެއް ބާއްވަން ހަމަޖެހިފައިވާކަން އަޅުގަނޑު މި ފުރުސަތުގައި ހާމަކުރަން. އެއީ، ދިވެހިރާއްޖެއާއި ޕާކިސްތާނާއި އަދި ބަންގްލަދޭޝްގެ އަންޑަރ 23 ޓީމާއި، ސްރީލަންކާއާއި ހިމެނޭގޮތައް ބާއްވާ މުބާރާތެއް.
މިނިސްޓަރ ރާފިޢު ވިދާޅުވިެއެވެ.
މިދިޔަ މަހުވެސް ރާއްޖެއިން ވަނީ، ސައުތު އޭޝިއާގެ ގައުމުތަކުގެ 23 އަހަރުން ދަށުގެ ޓީމުތަކުން ވާދަކުރާ ސާފް ޔޫ-20 ޗެމްޕިއަންޝިފް ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް