މަރުގެ ހުކުމާމެދު ފޮރިން މިނިސްޓްރީން ކުރި ޓުވީޓު ޑިލީޓް ކޮށްލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމް ވިދާޅިތާ މާގިނަ އިރުތަކެއް ނުވެ ފޮރިން މިނިސްޓްރީން ކުރެއްވި ޓުވީޓު ޑިލީޓު ކޮށްލައިފިއެވެ.
މި ޓުވީޓު ޑިލީޓުކޮށްފައިވަނީ ސަރުކާރުގެ މި ނިންމުމަށް ސަރުކާރު ކޯލިޝަން ބައިވެރިންގެ ފަރާތުންވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ފޮރިން މިނިސްޓްރީގެ ޓުވީޓުގައި ވަނީ ފާއިތުވެދިޔަ 65 އަހަރެކޭ އެއްފަދައިން މަރުގެ ހުކުމް ތަންފީޒުނުކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނާނެކަމަށާއި، އދ.ގެ ޖެނެރަލް އެސެމްބްލީގައި މަރުގެ ހުކުމް ތަންފީޒުކުރުމާއި ދެކޮޅަށް ފާސްކުރާ ގަރާރަށް ނަގާވޯޓުގައި ރާއްޖެއިން ބައިވެެރިވާނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް