ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ސައިކަލްތަކެއް
ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ސައިކަލްތަކެއް
ހަބަރު 01 Oct 2026 | 10:28

މިއަދުން ފެށިގެން، ޤަވާޢިދާ ޚިލާފަށް ޕާކުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ

ގަވާއިދާ ޚިލާފަށް ޕާކުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާކުރުމާއި، ނުރައްކާތެރިކޮށް ދުއްވައިގެން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް އެކުލަވާލާފައިވާ އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވި މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުތަކުގައި ދަތުރުކުރާ މީހުންނާއި އަދި މަގުމަތި ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

މީގެ އިތުރުން، އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ޒަމާނާ އެކަށޭނަ ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ރާވައި، ހިންގައި ބެލެހެއްޓުމަކީވެސް މި ޤާނޫނުގެ މަޤްޞަދެކެވެ.

ޕާކުކުރުމުގެ އުސޫލުތަކާއި ޖޫރިމަނާ

އައު ޤާނޫނު ބުނާގޮތުން ޤަވާޢިދާ ޚިލާފަށް ޕާކުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތެއްގެ ލައިސަންސުން ޑީމެރިޓް ޕޮއިންޓް އުނިކޮށް ރެކޯޑުކުރަން ޖެހެއެވެ. އަދި ޚާއްޞަ ބައެއް ތަންތަނުގައި ޕާކުކޮށްފިނަމަ 1,500 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ. އެ ތަންތަނަކީ:

• ގޯޅި ނުވަތަ މަގަކުން ނިކުންނަ ކަންމަތި.

• ސްކޫލްތައް ކައިރީގައި ޕާކުކުރުމަށް ކަނޑައެޅިފައިވާ ޒޯންތައް ފިޔަވައި އެހެނިހެން ސަރަޙައްދުތައް.

• ބަސް ހުއްޓުމަށް ކަނޑައެޅިފައިވާ ޒޯންތައް.

• ކަފިހިހުރަސްތައް.

ނުރައްކާތެރިކޮށް ދުއްވުމުގެ އަދަބުތައް

މި ޤާނޫނުގެ ދަށުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެކެވެ. މިފަދަ ޢަމަލެއް ކޮށްފިނަމަ އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މިފަދަ ޢަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، 100,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މީގެ އިތުރުން، މިފަދަ ކުށެއް ކޮށްގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ދަޢުވާ އުފުލުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ. އަދި ކުށްކުރި މީހާގެ ލައިސަންސް 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ބާޠިލުކުރެވޭނެއެވެ. ލައިސަންސް ނެތް މީހެއްނަމަ އެ މުއްދަތުގައި ލައިސަންސް ހޯދުމުގެ ޙައްޤު ގެއްލޭނެއެވެ. އަލުން ލައިސަންސް ދޫކުރެވޭނީ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ފާސްވުމުންނެވެ.

އުޅަނދުގެ ކޮންޓްރޯލް އެހެން ފަރާތަކާ ހަވާލުކުރުން

ޤާނޫނުގެ 103 ވަނަ މާއްދާގައިވާ ގޮތުން، ދުއްވަމުންދާ އުޅަނދެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށް ނުވަތަ ލައިސަންސް ނެތް މީހަކަށް ދިނުމާއި، އުޅަނދުގެ ހުންގާނު ފަސިންޖަރު ސީޓުގައި އިންނަ މީހަކާ ޙަވާލުކުރުމަކީ ކުށެކެވެ. މިފަދަ ޢަމަލަކަށް 25,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައެޅިފައިވާއިރު، މީހަކަށް އަނިޔާއެއް ވެއްޖެނަމަ 50,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ކޮންޓްރޯލް ޙަވާލުކުރީ ކުޑަކުއްޖަކާނަމަ އެންމެ ބޮޑު އަދަބު ކަމަށްވާ 50,000 ރުފިޔާ (އަނިޔާއެއް ލިބިއްޖެނަމަ 100,000 ރުފިޔާ) ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

މި ކުށާ ގުޅިގެން 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާޠިލުކުރެވޭނެ ކަމަށްވެސް ޤާނޫނުގައިވެއެވެ.

ލައިސަންސް ނެތި ދުއްވުން

ލައިސަންސް ނެތި، ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް، ނުވަތަ ހިފަހައްޓާފައި ވަނިކޮށް އުޅަނދު ދުއްވައިފިނަމަ އަދަބު ކަނޑައަޅާފައިވަނީ ތިރީގައިވާ ތަރުތީބުންނެވެ:

ފުރަތަމަ ފަހަރަށް: 1,000 ރުފިޔާ

ދެވަނަ ފަހަރަށް: 1,500 ރުފިޔާ

ތިންވަނަ ފަހަރަށް: 2,000 ރުފިޔާ

އިތުރުވާ ކޮންމެ ފަހަރަކު: އެންމެ ފަހުން ކުރެވުނު ޖޫރިމަނާގެ ދެގުނަ

މީގެ އިތުރުން ލައިސަންސް ނެތި ދުއްވި އުޅަނދު ގިނަވެގެން 30 ދުވަހަށް ހިފެހެއްޓުމުގެ ބާރު ޤާނޫނުން ލިބިދޭއިރު، އެ އުޅަނދެއްގެ ވެރިފަރާތްވެސް 2,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.