މާފަރު އެއާޕޯޓަށް މިއަދު ޖެއްސި ބޯޓު.. ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
މާފަރު އެއާޕޯޓަށް މިއަދު ޖެއްސި ބޯޓު.. ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
ވިޔަފާރި 20 May 2025 | 17:21

މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 ބޯޓެއް ޖައްސައިފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 މަރުކާގެ ބޯޓެއް މިއަދު ޖައްސައިފިއެވެ.

މާފަރު އެއާޕޯޓަށް ޖައްސާފައިވަނީ އެމިރޭޓްސް އެއާލައިނުގެ ބޯޓެކެވެ. އެމިރޭޓްސްގެ މި ވައިޑްބޮޑީ އެއާކްރާފުޓް މާފަރަށް ޖައްސާފައިވަނީ, އެފަދަ ބޮޑެތި މަތިންދާބޯޓު ޖެއްްސޭނެ ފެންވަރު ހުރިތޯ ޔަގީންކުރުމަށް ކުރިއަށްގެންދާ ސެޓިފިކޭޝަން ޕްރޮސެސްގެ ތެރެއިންނެވެ. އެގޮތުން ބެލި ކަންކަމުގެ ތެރޭގައި ހިމެނެނީ:

- ބޯޓު ޖެއްސުމާއި ފުރުމުގައި ރަންވޭގެ ފެންވަރު ވަޒަންކުރުން

- ދަތުރުވެރިންނަށް ހިދުމަތްދިނުމާއި، ތެއޮ އެޅުމުގެ އިތުރުން ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތައް ހެދުން

- ނެވިގޭޝަނާއި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހެދުން

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަސް ބޮޑެތި ބޯޓުފަހަރު ޖެއްސޭގޮތަށް އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ކުރިއަށްގެންގޮސްފައެވެ. މާފަރު އެއާޕޯޓް ރަންވޭ އިތުރަށް ތަރައްޤީކުރުމަށް ފެށި މަޝްރޫޢުގެ ދަށުން ވަނީ، 650 މީޓަރު އިތުރުކުރެވި، ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުކޮށްފައެވެ. އެއީ ބޮއިން 777 މަރުކާގެ ބޯޓު ޖެއްސުމަށް ބޭނުންވާ މިންގަނޑެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެވެ. މާފަރު އެއާޕޯޓަށް މިދިޔަ އަހަރުވެސް ވަނީ ރެކޯޑް އަދަދަކަށް ޖެޓް ޖައްސާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވީއައިއޭ ފިޔަވައި އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މާފަރު އެއާޕޯޓަށް
25 Jan 2026 ހަބަރު

ވީއައިއޭ ފިޔަވައި އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މާފަރު އެއާޕޯޓަށް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި އަހަރުގެ މިހާތަނަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެއާޕޯޓަކަށް މާފަރު އެއާޕޯޓް ވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާ...

ބޭރުގެ އިންވެސްޓުމަންޓުތަކަކީ ހަމައެކަނި ޓެކްސް ފައިސާ ހޯދަން އޮންނަ މަގަކަށް ވެގެން ނުވާނެ: ޑރ. މުއްޠަލިބު
08 Jul 2025 ހަބަރު

ބޭރުގެ އިންވެސްޓުމަންޓުތަކަކީ ހަމައެކަނި ޓެކްސް ފައިސާ ހޯދަން އޮންނަ މަގަކަށް ވެގެން ނުވާނެ: ޑރ. މުއްޠަލިބު

ރާއްޖޭގައި ކުރެވޭ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަކީ، ހަމައެކަނި ދައުލަތަށް ޓެކްސް ފައިސާ ހޯދާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުالله...

މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫޢު ނިންމާލައިފި، ބޮޑު ރަންވޭއަށް ފުރަތަމަ ޖެއްސީ ވައިޑް ބޮޑީ މަތިންދާބޯޓެއް
08 Jul 2025 ހަބަރު

މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫޢު ނިންމާލައިފި، ބޮޑު ރަންވޭއަށް ފުރަތަމަ ޖެއްސީ ވައިޑް ބޮޑީ މަތިންދާބޯޓެއް

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމައި، ޚިދުމަތް ރަސްމީކޮށް އިފްތިތާޙިކޮށްފިއެވެ. މިކަމަށްޓަކާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޚިދުމަ...

ޖެޓްތައް އަންނާތީ، މާފަރު އެއާޕޯޓްވެސް ބިޒީވެއްޖެ
31 Dec 2024 ހަބަރު

ޖެޓްތައް އަންނާތީ، މާފަރު އެއާޕޯޓްވެސް ބިޒީވެއްޖެ

ފެށޭ އައު އަހަރާ ދިމާކޮށް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށްވެސް ގިނަ އަދަދެއްގެ ޖެޓްތައް އަންނަން ފަށައިފިއެވެ. މިކަމާ ގުޅޭގޮތުން މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، މ...

މާފަރު އެއާޕޯޓަށް އަނެއްކާވެސް އިންޓަރނޭޝަނަލް ދަތުރުތަކަށް ހުޅުވާލައިފި
26 Oct 2024 ހަބަރު

މާފަރު އެއާޕޯޓަށް އަނެއްކާވެސް އިންޓަރނޭޝަނަލް ދަތުރުތަކަށް ހުޅުވާލައިފި

ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ނިމި، މާފަރު އެއާޕޯޓް އަނެއްކާވެސް އިންޓަރނޭޝަނަލް ދަތުރުތަކަށް ހުޅުވާލައިފިއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ރަންވޭގެ މަސައްކަތް ކުރުމަށް މާފަރު އެއާޕޯޓް ރަންވޭ ބޮޑުކުރ...

މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު 29 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
11 Aug 2024 ހަބަރު

މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު 29 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

ނ. މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު 29 މިލިއަން ރުފިޔާއަށް މޯލްޑިވިއަނުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން...