މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ދެ މީހަކު ހަނިމާދޫއިން ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ދެ މީހަކު ފުލުހުން ހދ.ހަނިމާދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
މި އޮފަރޭޝަނުގައި ފުލުހުން ވަނީ އެރަށުގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ އުމުރުން 38 އަހަރާއި 42 އަހަރުގެ ދިވެހި ދެ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހަނިމާދޫއިން ފުލުހުން ހައްޔަރު ކުރި މި ދެމީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކަކު 5 ދުވަހަށް އަދި އަނެކަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް