ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ކަމުން ޑރ. ޢާއިޝަތު ޝިހާމް އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ކަމުން ޑރ. ޢާއިޝަތު ޝިހާމް މަގާމުން އިސްތިއުފާދެއްވައިފި.
ވަޒީރު މަގާމުން އިސްތިއުފާދެއްވީ މިއަދުގެ ވަގުތެއްގައެވެ.
ޑރ. ޢާއިޝަތު ޝިހާމްގެ އިތުރުން، މިހާތަނަށް ޖުމުލަ 9 ވަޒީރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ސަރުކާރުންނާއި ވަޒީރުންވެސް ހާމަކުރައްވާފައި ނުވެއެވެ.
ކެބިނެޓްގެ ގިނަ ވަޒީރުންތަކެއް އިސްތިއުފާ ދެއްވާފައުވާއިރު، ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް މަގާމުތަކުން އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ. އަދި ބައެއް ބޭފުޅުން ވަނީ މަގާމުން ވަކިވެސް ކޮށްފައެވެ.
އެގޮތުން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ އިސްވެރިން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް