އެމްޓީޑީ އިން މަޖިލިސް އިންތިޚާބުގައި ވާދަކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު އުފެއްދުމުގެ ހުއްދަދީ ހަރަކާތްތައް ފައްޓާފައިވާ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރަޓްސް ޕާޓީން އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެކަމަށް އެޕާޓީން ބުނެފިއެވެ.
މިކަން ހާމަކޮށްފަައިވަނީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަމުން، އެޕާޓީގެ މުއައްސިސް އިސްމާއިލް އާސިފްއެވެ.
އާސިފް ވިދާޅުވީ އެމްޓީޑީވެސް އުފެއްދީ އެހެނިހެން ޕާޓީތައް ފަދައިން ސިޔާސީ ހަރަކާތްތައް ކުރުމަށް ކަމަށާއި، މަސައްކަތް ކުރާ މިންވަރުން އެންމެންނަށްވެސް ސިޔާސީ ކަންކަން ހާސިލްކުރެވޭނެކަމަށެވެ.
އެހެންކަމުން މާލީ ހާލަތު ތަންދިން މިންވަރަކުން މަޖިލިސް އިންތިޚާާބަށްވެސް ކެނޑިޑޭޓުން ނެރޭނެކަމަށާއި ނަމަވެސް އޭގެކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހޭ މެންބަރުންގެ ފޯމު ހުށައަޅާނެކަމަށް އާސިފްވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރަޓްސް ޕާޓީއަށް ފުރަތަމަ މެންބަރެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވަނީ ގުޅިވަޑައިގެންފައެވެ. އެ ޕާޓީން ދަނީ، ޕާޓީއަށް ގިނަ އަދަދެއްގެ މެންބަރުން ވެއްދުމަށް މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް