މުބާރާތުން ލޯ މެޑަލް ހޯދި އެތުލީޓުން
މުބާރާތުން ލޯ މެޑަލް ހޯދި އެތުލީޓުން
ކުޅިވަރު 09 Feb 2026 | 06:38

އޭޝިއާގެ ޝޫޓިން މުބާރާތުން 4 ލޯ މެޑަލާއެކު ރާއްޖެ ޓީމުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި

މިމަހުގެ 2 އިން 14 އަށް ކުރިއަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޖޫނިއާ ޝޫޓިން ޓީމުން ބޮޑު ކާމިޔާބީއެއް ހޯދައި، ރާއްޖޭގެ ކުޅިވަރުގެ ތާރީޚުން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ އެކި ކެޓަގަރީތަކުން، ރާއްޖެއިން ވަނީ ޖުމްލަ ހަތަރު ލޯ މެޑަލް ހާސިލުކޮށްފައެވެ.

މިއީ ރާއްޖޭގައި ޖޫނިއާ އުމުރުފުރާއަށް ހުޅުވާލައިގެން ޝޫޓިންގެ ހަރަކާތްތައް ފެށިފަހުން ބައިނަލްއަޤްވާމީ މައިދާނެއްގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. ރާއްޖޭގައި އެކަށީގެންވާ ޝޫޓިން ރޭންޖެއް ފަދަ ވަސީލަތްތައް ނެތް ނަމަވެސް، ދިވެހި ޒުވާން އެތުލީޓުން ވަނީ ބޭރުގެ ބޮޑެތި ގައުމުތަކާ ވާދަކޮށް އާދަޔާޚިލާފު ހުނަރެއް ދައްކުވައިދީފައެވެ.

މި މުބާރާތުގެ 10 މީޓަރު އެއާ ރައިފަލް މެންސް ޔޫތު ޓީމު އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިނީ ޖަމާލުއްދީން ސުކޫލުގެ މުޙައްމަދު ޝާއިލް ހަސަން އާއި، އަރަބިއްޔާ ސުކޫލުގެ އުމަރު މުޙައްމަދު ނަޝީދު އަދި ހިރިޔާ ސުކޫލުގެ ރަޔާން މުޙައްމަދު ރާމިޒް އެވެ. މީގެއިތުރުން 10 މީޓަރު އެއާ ރައިފަލް މިކްސް ޓީމް ޖޫނިއާ އިވެންޓުން ލޯ މެޑަލް ހާސިލުކުރީ އައިޝަތު އީޝާ ޝާހިދު އާއި އަޙްމަދު މާއިދު މުޙައްމަދު އެވެ.

މުބާރާތުގެ ކުރީކޮޅު ރާއްޖެއިން ވަނީ އިތުރު ދެ ލޯ މެޑަލްވެސް ހޯދާފައެވެ. އެއީ 10 މީޓަރު އެއަރ ޕިސްޓަލް ވިމެންސް ޔޫތު އިވެންޓުންނާއި ފިރިހެން ޖޫނިއާ ޓީމު އިވެންޓުންނެވެ. މި އަންހެން ޓީމުގައި ހިމެނެނީ ތާޖުއްދީން ސުކޫލުގެ މަރިޔަމް ޒޯހާ އަސްބާހް އާއި،ސީއެޗްއެސްސީގެ ފާތިމަތު ފައިހާ ފަޒީލް އަދި ޖަމާލުއްދީން ސުކޫލުގެ ފާތިމަތު ޝައިމާ މޫސާއެވެ.

ލޯ މެޑަލް ހޯދި ފިރިހެން ޓީމުގައި ހިމެނެނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުގެ އަލީ ޒަކްނޫން އަޙްމަދާއި، ރެހެންދި ސުކުލުގެ މުޙައްމަދު އަޝްހަމް ބިން ޝާހިދު އަދި ސީއެޗްއެސްސީގެ ހާދު އަލީ ނަސީފްއެވެ.

މި ކާމިޔާބީއަކީ ރާއްޖޭގައި ޝޫޓިން ކުރިއެރުވުމަށް އެކަށީގެންވާ ފުރުސަތެއް ނެތް ހާލަތެއްގައި ވެސް ހޯދި ތާރީޚީ ނަތީޖާއެކެވެ. މިއީ ރާއްޖޭގައި މި ކުޅިވަރުގެ އުޖާލާ މުސްތަގްބަލެއް އޮތްކަން މުޅި ދުނިޔެއަށް ހާމަވެގެންދިޔަ މުހިންމު ކުރިއެރުމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...