މި ސައިކަލު ދުއްވަން އިނީ ޖިންނިއެއް؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފްރާންސްގެ މަގެއްގަައި ޖިންނިއަކު ސައިކަލު ދުއްވަމުންދާކަމަށްބުނެ، ސޯޝަލް މީޑިޔާގައި ވީޑިޔޯއެއް ދައުރުވެއްޖެއެވެ.
މިދިޔަ އަހަރުގެ ހާދިސާއެއްގެ ވީޑިޔޯކަމަށްބުނެ ދައުރުވަމުންދާ މި ވީޑިޔޯގައި ފެނިގެންދަނީ މަގެއްގެ އަރިމަތިން ބާރު ސްޕީޑްގައި، ދުއްވާ ފަރާތެއް ނެތި ސައިކަލެއް ދިޔަތަނެވެ. މި ސައިކަލު ދުއްވަން އިނީ ޖިންނިއެއްކަމަށް ބައެއް ފަރާތްތަކުން ވީޑިޔޯ ދައުރުވާން ފެށުމާއި އެކު ބުންޏެވެ.
ނަމަވެސް ފްރާންސްގެ ނޫހަކުން މި ހާދިސާ ތަހުގީގުކުރިއިރު، މިކަން މެދުވެރިވާން ދިމާވީ އެކްސިޑެންޓްއެއްގެ ސަބަބުންކަމަށް ވަނީ އެނގިފައެވެ. މިހެން ދިމާވީ، އެކްސިޑެންޓްވީ ވަގުތު ސައިކަލް ދުއްވަން އިން މީހާ ވިއްސައިގެން ދިޔަނަމަވެސް، ސައިކަލުގެ ސްޕީޑް ބާރުކަމުން ސައިކަލް ނުހުއްޓި ވަކި ހިސާބަކަށް ކުރިއަށް ދިއުމުންނެވެ.
މިއީ މަދުން ނަމަވެސް ދިމާވެދާނެ ހާދިސާއެއްކަމަށް ސައިކަލުގެ ތަޖުރިބާކާރުންނާއި ހަވާލާދީ، ފްރާންސްގެ ނޫހުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް