މާދަމާ ރޭ ދެއްވާ ބޮޑު ދަރުހަށް ޝެއިޚް ނައިފަރީ މާލެ ދުރުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާދަމާ ރޭ ބާއްވަން ތައްޔާރުވަމުންދާ ބޮޑު ދަރުހަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް މުހައްމަދު އިބްރާހިމް (ނައިފަރީ) މާލެ ދުރުވެއްޖެއެވެ.
"އަލް ޢަސްރު" ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި ދަރުހަކީ ގިނަ ދުވަސްތަކަކަށްފަހު ޝެއިޚް ނައިފަރީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބޮޑު ދަރުހެއްކަން ފާހަގަކޮށްލަންޖެހެއެވެ.
"الله ގެ ނިޔާއަށް ރުހުން" މި މައުޟޫޢުގެ މައްޗަށް ބާއްވާ މި ދަރުހަކީ "ކަލަކުވޭ" ދަރުސް ސީރީސްގެ ދަށުން ކުރިއަށް ގެންދާ ދަރުހެކެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ބާއްވާ މި ދަރުސް އޮންނާނީ މާދަމާ ރޭ 20:30 ގައި ހުޅުމާލޭގެ "ރުއްގަނޑު 2" ސަރަޙައްދުގައެވެ.
"ކަލަކުވޭ" ސީރީސް އަކީ އަލް- ޢަސްރާއި އެޗްޑީސީން ގުޅިގެން ކުރިއަށް ގެންދާ ޕަބްލިކް ދަރުސް ސީރީސް އެކެވެ. މިއީ މި ސީރީޒްގެ ދަށުން ކުރިއަށް ގެންދާ ތިންވަނަ ދަރުހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް