ރާއްޖޭގައި ފުރަތަމަ ފަހަރަށް "މަޑް ކްރެބް ފެޓަނިން" މަޝްރޫއުއަކަށް ހުއްދަ ދީފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖޭގައި ފުރަތަމަ ފަހަރަށް "މަޑް ކްރެބް ފެޓަނިން" މަޝްރޫއުއަކަށް ހުއްދަ ދީފި އެވެ.
އެކަން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި "މަޑް ކްރެބް ފެޓަނިންގ" ޕައިލެޓް މަޝްރޫޢެއް ހިންގުމުގެ ހުއްދަ ވަނީ ދީފަ އެވެ.
މި ހުއްދަ ދީފައިވަނީ މެރިޓޯލް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏަށް މި ހުއްދަ ދީފައިވަނީ ގދ. ފިޔޯރީގައި މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ، އެ ރަށުގެ "ކުޅިޔެ ވަޅަގަނޑޭ" ކުޅިން ނަގާ ކުދި ކަކުނި، ހާއްސަ ކޮށިތަކެއްގައި ފަލަކޮށް ބަލަހައްޓައިގެން ވިޔަފާރި އުސޫލުން ބާޒާރަށް ނެރެވޭނެ ފެންވަރަށް ތަރައްގީ ކުރުމެވެ.
ފިޔޯރީއަކީ ގުދުރަތީ މުއްސަދިކަން ލިބިފައިވާ ރަށެކެވެ. އެ ރަށުގައި ބޮޑެތި ކުޅިތައް ހިމެނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް