N/A
N/A
ހަބަރު 07 Dec 2018 | 16:45

އިންޑިޔާއިން އެއްބިލިޔަން ޑޮލަރުދެނީ ދިވެހިން ދެކެ ލޯބިންތަ؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރައީސް އިބްރާހި މުހައްމަދު ސާލިހްގެ ސަރުކާރުން އިންޑިޔާއިން އެއްބިލިޔަން ޑޮލަރުހޯދައި، އޭގެ ބަދަލުގައި ރާއްޖެއިން ޗައިނާއާއި ދުރަށްޖެހި އިންޑިޔާގެ މިލިޓަރީ ބޭހެއް ހެދުމާގުޅޭގޮތުން ދެކެވެމުންދާ ވާހަކަތައް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދޮގުކުރައްވާފައިވީނަމަވެސް ފިނޭންސް މިނިސްޓަރ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުތަކުން އެއްބިލިޔަން ޑޮލަރުގެ ވާހަކައަކީ ހަގީގަތެއް އެކުލެވޭ ވާހަކައެއްކަން ސާބިތުވަނީ ވެފައެވެ.

ރާއްޖޭގައި އެއްބިލިޔަން ޑޮލަރުގެ ލޯން އެހީއެއްދޭމަތިން އިންޑިޔާގެ އަސްކަރީ މަރުކަޒެއް ހަދަން ސަރުކާރުން އިންޑިޔާ ސަރުކާރާއެކު މަޝްވަރާކުރަމުންދާކަމަށް ބޭރުގެ މީޑިޔާތަކުން ފަތުރަމުންދާ ވާހަކަތަކާގުޅިގެން ޑިސެމްބަރ މަހުގެ ތިންވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިޔަކު ސުވާލުކުރުމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް ވިދާޅުވީ އެއްބިލިޔަންޑޮލަރުގެ ކްރެޑިޓްލައިނެއް އިންޑިޔާގެ އެގްޒިމް ބޭންކުގެތެރެއިން ހުޅުވައިލާގޮތަށް ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެވިފައިވާކަމަށެވެ. އެކަމަކު އެއީ ނޫސްތަކުގައި ޖަހާގޮތަށް ހިގާކަމެއް ނޫންކަމަށާއި ދިވެހި ސަރުކާރުން ޕްރޮޖެކްޓްތަކެއް ހުށަހެޅުމުން އެޕްރޮޖެކްޓްގެ ފީޒިބިލިޓީއަށްބަލައި އެއްބިލިޔަންޑޮލަރާއިހަމައަށް އެފަދަ ޕްރޮޖެކްޓްތަކަށް ފައިނޭންސް ލިބޭގޮތަށް ހުޅުވައިލެވޭ ކްރެޑިޓް ސްކީމެއްކަމަށް އަމީރް ވިދާޅުވިއެވެ.

"އެއް ބިލިއަން ޑޮލަރަކީ އެގޮތަށް ދެކެވުނު ވާހަކައެއް ނޫން. ވާހަކަ ދެކެވުނީ ފީޒިބަލް ޕްރޮޖެކްސްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމުން އެއް ބިލިއަން ޑޮލަރާ ހަމައަށް ނުވަތަ އެއަށްވުރެ އިތުރަށް ވެސް ފަންޑްސް އެރޭންޖް ކުރެވިދާނެ ވާހަކަތައް. މިއީ ކޮންސެޝަނަލް ފައިނޭންސިން. ގާތްގަނޑަކަށް 1.5 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި އަޅުގަނޑުމެންނަށް އެ ފައިސާ ލިބޭނެ. އެއީ އަސްލު އެކްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓެއް ހުޅުވާލާ ވާހަކަ" އަމީރް ވިދާޅުވެފައި ވެއެވެ.

އިންޑިޔާއަށް މިހުށަހަޅާ ޕްރޮޖެކްޓްތަކަކީ ފެނާ ނަރުދަމާއާއި މަގުހެދުމާ ގުޅޭ ޕްރޮޖެކްޓައް ތޯއެވެ. ބޯހިޔާވަހި ކަމުގެ މަޝްރޫއުތައްކަމުގައިވާނަމަ އިންޑިޔާގެ ޓާޓާ ކުންފުނިފަދަ ކުންފުނިތައް އައިސް ހިންގި ކަންކަން އެހެރީ ފެންނާށެވެ. ދިވެހި ސަރުކާރުން ގެރެންޓީދީގެން އެކުންފުނިން އިންޑިޔާގެ ބެންކުތަކުން ލޯނުނަގައިގެން މަސައްކަތް ނުނިންމައި އެންމެފަހުން 800 މިލިޔަން ރުފިޔާ ސަރުކާރުން އެމީހުންނަށް ދޭންޖެހި، މާލޭގެ ބޮޑުސިންގާ ދެބިމެއް އެމީހުންގެ ހިތަކަށް ދީފައި އެއޮތީއެވެ. އަދި ނުވިތާކަށް ފްލެޓް އެޅި ދެތަނުން ދެފްލޯ އަގުބޮޑުކޮށް ވިއްކައިގެންވެސް ފައިދާ ހޯދީއެވެ.

ސަރުކާރުން ބޭރުގެ އެހީ ހޯދުމުގައި ޗައިނާ ނުހިމަނާ؟؟

އެއްބިލިޔަން ޑޮލަރުގެ ވާހައަކީ ދިވެހި ސަރުކާރުން ހާމަކުރި ވާހަކައެއްނޫނެވެ. އެވާހަކަ މީޑިއާތަކަށް ހާމަކުރީ އިންޑިޔާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުންނެވެ.

އެއްބިލިޔަން ޑޮލަރުގެ އެހީ އިންޑިޔާއިން ހޯދުމުގެ ވާހަކައަކީ މިނިސްޓަރ ވިދާޅުވިގޮތުން މިހާރު ހަގީގަތެކެވެ. ނޭނގޭ އެއްޗަކީ އިންޑިޔާއިން މިކަމަށް ކުރާ ޝަރުތެވެ. ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމުގެތެރެއަށް އިންޑިޔާ ވަދެފައިވާވަރުން ދިވެހި ރާއްޖެއަށް ހެޔޮއެދިގެންނެއް މިވަރުގެ ދޮރެއް ހުޅުވައިނުލާނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.

އަސްކަރީ ބޭހެއްގެ ވާހަކަ ޚާރިޖީ ވަޒީރު ދޮގު ކުރައްވައެވެ. އެކަމަކު މީގެ ފަހަތުގައިވާ އަނެއް ހަގީގަތަކީ ދިވެހި ރާއްޖެއަށް އެހީ ހޯދުމުގައި ޗައިނާގެ ވާހަކައެއް ސަރުކާރުގެ އޮފިޝަލުން މިހާރު ނުދައްކަވައެވެ. އެހީ ހޯދުމުގެ ވާހަކަދައްކަނީ އިންޑިޔާއާއި އަރަބި ގައުމުތަކުންނެވެ.

އެހެންވީމާ ސަރުކާރުން ބޭރުގެ އިންވެސްޓްމަންޓް ހޯދުމުގެ ސިޔާސަތަށް އިންޑިޔާއިން ރުހޭފަދަ ބަދަލެއް ގެނެސްފިކަން އެގެއެވެ. ރިޔާސީ އިންތިޚާބުގެ ކުރިންވެސް ވެރިކަން ލިބިއްޖެނަމަ ޗައިނާއާއި ދުރަށް ދިވެހި ރާއްޖެ ގެންދާނެކަން އެމްޑީޕީގެ އެންމެ ނުފޫފުގަދަ ލީޑަރ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދެވީ ވިދާޅުވަމުންނެވެ.

ނަޝީދު ބޭނުންފުޅުވާގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރާކަން މިދަނީ ފެންނަމުންނެވެ. އިންތިޚާބުގެ ކުރިން ޔޫރަޕްގެ ގައުމުތަކަށް ވަޑައިގެން ޔޫރަޕްގެ މަންދޫބުންނާއެކު މަޝްވަރާކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ދިވެހި ރާއްޖެއިން ކުރުމަށް ޔޫރަޕްގެ ގައުމުތަކުން އަންގާފައިވާ އެންމެ ކަމެއް ފިޔަވައި އެހެންހުރިހައިކަމަކަށް ދިވެހި ރައްޔިތުން ތާއީދުކުރާކަމަށް ވިދާޅުވެފައި ވެރިކަން ލިބުމާއެކު މަސްދުވަސްވެސް ނުވަނީސް އިސްލާމީ ޝަރީއާގައި ކަނޑައެޅިފައިވާ ގިސާސް ހިފުމުގެ ހުކުމް ދިވެހި ރާއްޖޭގައި ތަންފީޒުނުކުރާނެކަމަށް ޔަގީންކަންދީ އދގެ ގަރާރެއްގައި ސޮއިކުރުމަށް އެއްބަސްވެފައިވެއެވެ.

އެކަން ޓްވީޓަކުން ޚާރިޖިއްޔާއިން އިއުލާންކުރުމަށްފަހު ފަހުން އެޓްވީޓް ޑިލީޓްކޮށް ސިއްރުކުރަން މަސައްކަތްކޮށްފައި ވެއެވެ. ލަފާކުރެވޭގޮތުން މިކަން ޚާރިޖިއްޔާގެ ޓްވީޓަށް އެރީ ޚާރިޖީ ވަޒީރަށް އެގިވަޑައިނުގެން އެވެ. އިންޑިޔާގެ އެއްބިލިޔަން ޑޮލަރާއިބެހޭގޮތުން އެމްޑީޕީއާ ގާތްގުޅުމެއް ބާއްވާ އިންޑިޔާގެ ނޫސްވެރިޔަކު ޚާރިޖީ ވަޒީރާ އިންޓަވިއުކޮށްފައިވާކަން އެގެއެވެ.

އޭނާގެ އާޓިކަލްގައި ބުނެފައިވަނީ ޗައިނާގެ ދަރަނި އަދާކޮށްދޭން އިންޑިޔާއިން ބޭނުން ނުވެދާނެކަމަށެވެ. އެހެންވީމާ އެގޭކަމަކީ ޗައިނާއާއި ދިވެހި ރާއްޖެ ދުރަށް ޖެއްސުމާގުޅޭގޮތުން އިންޑިޔާއިން މަޝްވަރާތަކެއް ކުރާކަމެވެ. ޚާރިޖީވަޒީރުގެ ތޫނު ވިސްނުންފުޅުން އާއްމު ޕަބްލިކަށް ޑިޕްލޮމަސީ ދައްކަވަނީއެވެ. ނަޝީދު ވިދާޅުވެފައިވާ ވަރަށް ގިނަ ކަންކަން ސަރުކާރުންދަނީ އެންމެ ފުރަތަމަ ކުރަންޖެހެ ކަންކަމުގެގޮތުގައި ކުރަމުންނެވެ. ދިވެހި ރާއްޖޭގައި އިންޑިޔާގެ މަސްލަހަތު ހިފަހައްޓައިދޭތަނަކަށް އައްޑޫވެގެންދާނެކަމަށް ވިދާޅުވެފައިވުމުން އެކަން ނުކުރާނެކަމަށް ދެކިގެންވެސް ނުވާނެއެވެ.

ކޮންމެއަކަސް އަޅުގަނޑުމެންނަށް އެގިގެންދަނީ އިންޑިޔާގެ މަޅިއަކަށް މިހާރުވެސް ދިވެހި ސަރުކާރުގެ ކަރު މެހިއްޖެކަމެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ބަޖެޓް ސަޕޯޓަކަށް އިންޑިޔާއިން 100 މިލިޔަން ޑޮލަރުގެ ލޯނެއް ނެގިއެވެ.

އެލޯނު އަބުރައި ދައްކަން ދިވެހި ސަރުކާރަށް އިންޑިޔާއިން ފިއްތައިލީ ދިވެހި ސަރުކާރަށް އެންމެ ދަތިވި ވަގުތުގައެވެ. ހަތް އަހަރުފަހުން އަނެއްކާ އެމްޑީޕީއަށް ވެރިކަން ލިބުމާއެކު އެންމެ ފުރަތަމައަށްވެސް ކުރިކަމަކީ ބަޖެޓް ސަޕޯޓަށް އިންޑިޔާއިން ލޯނެއް ނެގުމެވެ. މިފަހަރު 200 މިލިޔަން ޑޮލަރެވެ. ލަފާލުރެވޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގެތެރޭގައި ދެގައުމުން ގިނަކަންތައްތަކަކަށް އެއްބަސްވެ ސޮއިކުރާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...