ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ހަބަރު 29 Feb 2024 | 16:49

ތެލަސީމިއާ ބަލިހުންނަ ފަރާތްތަކަށް ދޭ އިނާޔަތް އަންނަ އަހަރު ދޭންފަށަނީ

މި ސަރުކާރުގެ ފަރާތުން ތެލަސީމިއާބަލި ހުންނަ ފަރާތްތަކަށް ދޭން ކަނޑައަޅާފައިވާ އިނާޔަތް އަންނަ އަހަރު ފެށިގެން ދޭން ފަށާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ސިލްސިލާ ޕްރޮގްރާމުގެ ދަށުން ނ.މަނަދޫ، މާރިނދަ، ވަސްމާ ޔޫސުފް މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ވަސްމާ މިއަދު ރައީސް އަރިހުން ތަފާތު ތިންކަމަކާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް 3 ސުވާލު އަމާޒުކުރިއިރު ތެލިސީމިއާއި ގުޅޭގޮތުން ސުވާލު އަމާޒުކޮށްފައި ވަނީ މި ސަރުކާރުން ތެލަސީމިއާބަލި ހުންނަ ފަރާތްތަކަށް ދިނުމަށް ވައުދުވި އިނާޔަތާއި ގުޅޭގޮތުންނެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތެލަސީމިއާބަލި ހުންނަ ފަރާތްތަކަށް ޢިނާޔަތް ދެއްވުމަށް މިއަހަރުގެ ބަޖެޓް ފާސްކުރިއިރު މަޖިލީހުން ހިމަނުއްވާފައި ނުވާކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ދެއްވަން ގަސްތުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތެލަސީމިއާ ތެލަސީމިއާބަލި ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް މިއަހަރުގެ ބަޖެޓުގައި ނެތް ހިމެނިފައި. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދޭންފަށަން ގަސްތުކުރަނީ."

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ވަސްމާގެ އަނެއް ސުވާލު އަމާޒުކުރީ އަތޮޅުތެރޭގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭންޖެހޭ ތެރަޕީގެ ޚިދުމަތް އަތޮޅުތެރެއިން ލިބެން ނެތުމާއި ގުޅޭގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ކޮންމެ އަތޮޅެއްގެ، އަތޮޅު ހޮސްޕިޓަލެއްގައި ޤާއިމުކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ޚާއްސަ އިސްކަމެއް ދެއްވާފައިވާކަމެއްކަމަށެވެ.

އެގޮތުން ހޮސްޕިޓަލްތަކުގައި އެފަދަ ފަރާތްތަކަށް ބޭނުންވާ ފިޒިއޮތެރަޕީއާއި ސައިކޭޓްރީގެ ޚިދުމަތާއި އިތުރު ތެރަޕީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ ޚާއްސަ ތަމްރީންތަކެއް ލިބިފައިވާ ބަޔަކު ހޯދަންޖެހޭ ދާއިރާއެއްކަމުން، ބަޖެޓު ތަންދިން މިންވަރަކުން ވީހާވެސް ގިނަ އަތޮޅު ހޮސްޕިޓަލްތަކެއްގައި މިފަދަ ޚިދުމަތް ޤާއިމުކޮށް ސްޕެޝަލިސްޓުން ބޭތިއްބުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސެންކުދިންނަށް ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވުމަކީ އެމަނިކުފާނު ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމެއްކަމަށް ވިދާޅުވިއެވެ.

"ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ސެން ކްލާސްތައް ސްކޫލްގައި ޤާއިމުކުރުމަކީވެސް މެނިފެސްޓޯގައި ޚާއްސަ އިސްކަމެއް ދީފައިވާދާއިރާއެއް. ޓްރެނިންގ ލިބިފައިވާ ސެން ޓީޗަރުންނެއް ނެތް ހަގީގަތުގައި. އެކަމަށް ޚާއްސަ ޓްރއެނިންގ އެއް ލިބެންޖެހޭނެ އެފަދަ ކުދިންނަށް އަޅާލާ ޓީޗަރުންނަށް. އެކަމުގެ މަސައްކަތް މިހާރު ފެށިފައިވަނީ."

ރައީސް ޑރ،މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވެސް މި ސަރުކާރުގެ ފަރާތުން ސެންޓީޗަރުން ތަމުރީނުކުރުމަށާއި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.