ރައީސް މަކުނުދޫގައި ވާހަކަދައްކަވަނީ
ރައީސް މަކުނުދޫގައި ވާހަކަދައްކަވަނީ
ހަބަރު 26 Aug 2025 | 11:39

މަކުނުދޫގައި ގާއިމްކުރާނީ އެންމެ މަތީ ފަންތީގެ ސިއްހީ މަރުކަޒެއް: ރައީސް

ހދ.މަކުނުދޫގައި މި ސަރުކާރުން ގާއިމްކުރާނީ އެންމެ މަތީ ފަންތީގެ ސިއްހީމަރުކަޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން މިއަދު މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަކުނުދޫގައި ގާއިމްކުރާނީ ލެވެލް 4 ގެ ސިއްހީ މަރުކަޒެއް ކަމަށެވެ. އެތަނުގައި ވަރަށްގިނަ ހިދުމަތްތަކެއް ފައްޓަވާނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިއްހީމަރުކަޒު ތަރައްޤީވެ ނިމުމުން އެތަނުގައި ހާއްސަ ބަލިތަކަށް ފަރުވާކުރައްވާ ޑޮކްޓަރުންނާއި، އެކްސްރޭ އަދި ސްކޭން ކުރުމުގެ ހިދުމަތް ލިބޭނޭކަމަށެވެ.

ރައީސް ވިދާޅުވީ މަކުނުދޫގައި ގާއިމްކުރާ ސިއްހީ މަރުކަޒުން ޑަޔަލަސިސް ފަދަ ހިދުމަތްތައްވެސް ދެވިގެންދާނޭކަމަށާއި، ނަމަވެސް އެކަންކުރަން އަދި ވަގުތު ނަގާނޭކަމަށެވެ.

މަކުނުދޫގެ ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަކުނުދޫ އެއާޕޯޓް ތަރައްޤީކޮށް ނިންމުމަކީ ހާއްސަ އިސްކަމެއްދެއްވާ އެ ކަންތައް ކަމަށާއި، އެ މަސައްކަތް ދެން ކުރިއަށްދާނީ ބާރު ސްޕީޑްގައި ކަމަށެވެ. ރައީސް ވިދާޅުވީ ދެން އެމަނިކްފާނު މަކުނުދޫއަށް ވަޑައިގަންނަވާނީ އެއާޕޯޓް ނިންމައި އެތަން ހުޅުވަންކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވަނީ މަކުނުދޫގައި އެއާޕޯޓެއް ތަރައްޤީކުރުމުެގ ބޭނުން ފާހަގަކުރައްވާފައެވެ. އެގޮތުން މަކުނުދޫއަކީ އެކަހެރިކޮސް އޮންނަ ރަށަކަށްވެފައި ދަތުރުފަތުރު ކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މަކުނުދޫ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށާފައިވާއިރު، މަކުނުދޫ ސިއްހީ މަރުކަޒުގެ އިމާރާތުގެ ބިންގާވެސް ވަނީ އަޅާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

މަކުނުދޫގެ ފުރަތަމަ "ޝައިޚް"އަކަށް އަޙްމަދު ރިފްޢަތު؛ މުޅި ރަށް ފަޚުރުވެރިވާ ދަރިއެއް
28 Apr 2026 ހަބަރު

މަކުނުދޫގެ ފުރަތަމަ "ޝައިޚް"އަކަށް އަޙްމަދު ރިފްޢަތު؛ މުޅި ރަށް ފަޚުރުވެރިވާ ދަރިއެއް

ސައުދީ އަރަބިއްޔާގެ މަދީނާ އިސްލާމީ ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލުކުރައްވައި، "ޝައިޚް" ކަމުގެ ލަގަބު ހދ. މަކުނުދޫ، އަޙްމަދު ރިފްޢަތު ހޯއްދަވައިފިއެވެ. މިއީ މަކުނުދޫގެ ތާރީޚުގައި އެ ރަށުގެ ދަރިއަކު...