އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ޝިފާޒު؛ ފޮޓޯ: އަދަދު
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ޝިފާޒު؛ ފޮޓޯ: އަދަދު
ހަބަރު 30 Sep 2026 | 13:16

އެމްޑީޕީ މެމްބަރުން ކޮންގްރެސްގައި ބައިވެރިވާން އަންނަނީ އަމިއްލަ ޖީބުން ހަރަދުކޮށްގެން: ޝިފާޒު

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާދަމާ ފަށާ ކޮންގްރެސްގައި ބައިވެރިވުމަށް އަތޮޅޫތެރެއިން މާލެ އަންނަނީ އެ މެމްބަރުން އަމިއްލަ ޖީބުން ހަރަދުކޮށްގެންކަމަށް  އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ..

ކޮންގްރެސްގެ ކަންކަން ކުރިއަށްދާގޮތާ ބެހޭގޮތުން ނޫސްވެރި މައުލޫމާތު ހިއްސާކުރަމުން ޝިފާޒް ވިދާޅުވީ، މެންބަރުން މާލެ އައުމަށް  ދަތުރު ޓިކެޓާއި ހުރުމާއި ކެއުމާއި ޔުނިފޯމް ހިމެނޭ ގޮތަށް އެންމެހައި ޚަރަދެއް ކުރަނީ މެންބަރުން އަމިއްލައަށްކަމަށެވެ.

ޝިފާޒު ވިދާޅުވީ، މި ކޮންގްރެސް ކުރިއަށް ގެންދަނީ ފައިސާގެ ބާރުގައި ނޫން ކަމަށާއި ޕާޓީގެ ރޫޙުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ މެންބަރުންގެ ހިތްވަރާ އެކު ކަމަށެވެ. ކޮންގްރެސް ބާއްވާނެ ތަނެއް ހޯދުމަށް ސޯޝަލް ސެންޓަރާއި ސްކޫލް ހޯލުތަކާއި ސެންޓްރަލް ޕާކު ފަދަ ތަންތަން ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެއިން އެއްވެސް ތަނެއް ނުލިބުނުކަން ޝިފާޒް ފާހަގަކުރެއްވިއެވެ. އެގޮތުން ޖާގައިގެ ދަތިކަން ކުރިމަތިވިނަމަވެސް، މާލޭ ސިޓީ ހޯލުގައި ކޮންގްރެސް ކުރިއަށް ގެންދަން ނިންމީ އެނޫންގޮތެއް ނެތިގެންކަމަށް އޭނާ ވިދާޅުވިއެވެ.

އެބޭފުޅުން ކޮންގްރެސްއަށް ވަޑައިގަންނަވާނީ އަމިއްލަ ޚަރަދުގައި. އެބޭފުޅުން ތިއްބަވާނީ އަމިއްލަ ޚަރަދުގައި. އެބޭފުޅުން ކެއިންބުއިމުގެ ކަންކަން އަމިއްލަ ޚަރަދުގައި. އެބޭފުޅުންގެ ޔުނިފޯމަކީ އެބޭފުޅުންގެ އަމިއްލަ ޚަރަދު. އަޅުގަނޑުމެން ޓައިއެއް ގަނެނުދެން ބޮލުގައި އަޅާނޭ ބުރުގާއެއް ގަނެއެއް ނުދެން

އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއަކީ ވަރުގަދަ ޢަޒުމެއްގައި ހަރަކާތްތެރިވާ ކެރޭ މެންބަރުންތަކެއް ހިމެނޭ ޕާޓީއެއް ކަމަށާއި ޕާޓީގެ މިފަދަ ކޮންމެ ހަރަކާތެއްގައި ވެސް މެންބަރުން ޕާޓީވަންތަކަމުގެ ނަމޫނާ ދައްކަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ކޮންގްރެސް ވެސް ކުރިއަށް ގެންދެވެނީ ހަމަ އެ ރޫޙާއި ޢަޒުމުގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ކުރިއަށްދާނީ މާދަމައިން ފެށިގެން ތިންވަނަ ދުވަހުގެ ނިޔަލަށެވެ. އެމްޑީޕީން ބުނީ މިހާރު ކުރިއަށްދަނީ ކޮންގްރެސްގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.