ފަލަސްތީނުގެ މުސްލިމުން ދިރިއުޅޭ ސަރަހައްދެއް- ފޮޓޯ/ ޓީއާރްޓީ
ފަލަސްތީނުގެ މުސްލިމުން ދިރިއުޅޭ ސަރަހައްދެއް- ފޮޓޯ/ ޓީއާރްޓީ
ދުނިޔެ 13 Jul 2026 | 03:23

އިރުމަތީ ގުދުސްގެ އުންމު ލައިސޫންގައި އިޒްރޭލުން އާ ބިން ފޭރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަނީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގެ ފަލަސްތީނު މީހުން ދިރިއުޅޭ އަވަށެއް ކަމަށްވާ އުންމު ލައިސޫންގެ ތެރޭގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ޔަހޫދީން ވަޒަންވެރިކުރުވުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

އިޒްރޭލުގެ ޖަމާއަތެއް ކަމަށްވާ "އިރް އާމީމް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގުދުސްގެ ޑިސްޓްރިކްޓް ޕްލޭނިން އެންޑް ބިލްޑިން ކޮމިޓީން މިހާރު ވަނީ އުންމު ލައިސޫންގައި ޔަހޫދީންނަށް ހާއްސަ 450 ހައުސިން ޔުނިޓް އެޅުމުގެ ހުއްދަ ދީފައި ކަމަށެވެ. މިއީ އިންފްރާސްޓްރަކްޗާގެ މައްސަލަތަކަކާ ހުރެ ދެ އަހަރަށް ވުރެ ގިނަ ދުވަހު މަޑުޖެހިފައި އޮތް މަޝްރޫއެކެވެ.

އުންމު ލައިސޫން އަކީ އިރުމަތީ ގުދުސްގެ ޖަބަލް އަލްމުކައްބިރާއި ސޫރު ބާހިރުގެ ދެމެދުގައި އޮންނަ އަވަށެކެވެ. މިވަގުތު އެ ސަރަހައްދުގައި ފަލަސްތީނު މީހުން ދިރިއުޅޭ 800 އެއްހާ ގެދޮރު ހުރެއެވެ.

އިރް އާމީމް ޖަމާއަތުން އިންޒާރު ދޭ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން އެ އަވަށުގެ އާބާދީގެ ނިސްބަތަށާއި މުޅި ސަރަހައްދުގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ފަލަސްތީނު މީހުން ދިރިއުޅޭ އާބާދީއެއްގެ ތެރެއަށް މިހާ ގިނަ އަދަދެއްގެ ޔަހޫދީ ވަޒަންވެރިން ވެއްދުމަކީ، އެ ސަރަހައްދުގެ އިޖުތިމާއީ އަދި އުމްރާނީ އޮނިގަނޑު ހަލާކުކޮށްލާނެ ކަމެކެވެ.

އެ ޖަމާއަތުން ސިފަކޮށްފައިވާ ގޮތުގައި، މިއީ އިރުމަތީ ގުދުސްގެ ފަލަސްތީނު އަވަށްތަކުގެ ތެރޭގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް މިހާތަނަށް ހިންގާ މިފަދަ އެންމެ ބޮޑު އަދި ނުރައްކާތެރި މަޝްރޫއެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދާ ބޮޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
06 Oct 2026 ދުނިޔެ

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލު...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
02 Oct 2026 ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ. ފަލަސްތީނުގެ ރަސްމީ...

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި
28 Sep 2026 ދުނިޔެ

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި

ޣައްޒާގައި ބޮޑު ޤަތުލުޢާއްމެއް ހިންގަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު، ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީއަށް ގޮސް އެ ޤައުމުގ...

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި
28 Sep 2026 ކުޅިވަރު

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި

ހަންގޭރީގެ ނަގްޔެރްދޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާ ދެކޮޅަށް އަޔަލެންޑްގެ ޤައުމީ ފުޓްބޯޅަ ޓީމުން ހިމޭން އިހ...

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން
26 Sep 2026 ހަބަރު

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން

އދ. ގެ ތެރެއިން ފަަލސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި ކަމަށާއި މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާ އަދާކުރުމަށް އެ އިދާރާގައި ހުންނަ ފަލަސްތީނުގެ މިޝަނުންގޮވާލައިފިއެވެ. އ...