ތިމަރަފުށީ ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ފަށައިފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ތ. ތިމަރަފުށީގައި ތަރައްޤީކުރަމުންދާ ފުޓްސަލް ދަނޑުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރަމުން އާރް.ޑީ.ސީ އިން ބުނެފައިވަނީ، ދަނޑުގައި ޓާފް އެޅުމުގެ މުހިންމު މަރުޙަލާ މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
ޓާފް އެޅުމުގެ އިތުރުން، ދަނޑުގެ ވަށައިގެންވާ ފާރާއި ފެންސުގައި ކުލަލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
ސަރުކާރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މި މަސައްކަތަކީ ތިމަރަފުށީގެ ކުޅިވަރު އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. މި ދަނޑުގެ ސަބަބުން ރަށުގެ ކުޅިވަރުގެ މާޙައުލަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
އާރް.ޑީ.ސީ އިން އަންނަނީ މި މަޝްރޫޢުގެ ތެރެއިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމައި، ވީހާވެސް އަވަހަކަށް ދަނޑު ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް