ޤާސިމްގެ ބައްޕާފުޅުގެ ނަމުގައި، މާމިގިލީގައި ބިނާކުރި މިސްކިތް ’މަސްޖިދު އިބްރާހިމް‘ ހުޅުވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް, އޭނާގެ ބައްޕާފުޅު، އަލްމަރްޙޫމް އިބްރާހިމްގެ ނަމުގައި އދ. މާމިނގިލީގައި ބިނާކުރި މިސްކިތް 'މަސްޖިދު އިބްރާހިމް' މިއަދު ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އޮނަރަބަލް ޤާސިމް އިބްރާހިމްއެވެ.

މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ޤާސިމް އިބްރާހިމާއި، މާމިނގިލީގެ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެޑައިގެންނެވިއެވެ.
މި މިސްކިތް ހުޅުވައިދެއްވާ، މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

800 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތެކެވެ. މީގެ އިތުރުން މިސްކިތުގައި އޭސީގެ ނިޒާމު ޤާއިމްކޮށްފައިވެއެވެ.
ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރަމަޟާން މަހަށް 15 މިސްކިތެއް ވަނީ ހުޅުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް