އެލްޖީއޭގެ ރައީސަކަށް މިނިސްޓަރު ޒަރީރު އައްޔަނުކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ރައީސްގެ މަގާމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިޒަސް ހަސަން ޒަރީރު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެލްޖީއޭ އިން މިއަދު ބުނީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ރައީސްގެ މަގާމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިޒަސް ހަސަން ޒަރީރު, ރައީސުލް ޖުމުހްރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެ އޮތޯރިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރައްވާ ވަޒީރެވެ.
އެލްޖީއޭގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރީން ހުންނެވި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ސިއްހީ ސަބަބުތަކަކާއި ގުޅިގެން ޒަމީރު ވަނީ ފިނޭންސް މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް