ފޮރިން މިނިސްޓްރީވެސް ޕްލާސްޓިކާއި ދުރަށް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފެއްޓި ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިންއާއި ގުޅުވައިގެން އެފަދަ ކެމްޕެއިނެއް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައިވެސް ފަށައިފިއެވެ.
ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައިވާގޮތުގައި، ރައީސް އޮފީހުން ފަށާފައިވާ ކެމްޕެއިންއިން ހިތްވަރުލިބިގަނެ، ފޮރިން މިނިސްޓްރީގައިވެސް ސިންގަލް ޔޫސް ނުވަތަ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކްގެ އަދަދު މަދުކުރުމަށް ވަނީ ކެމްޕެއިންއެއް ފައްޓާފައެވެ.
މި ކެމްޕެއިން ފައްޓަވާދެއްވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދެވެ.
މި ކެމްޕެއިންގެ ޒަރިއްޔާއިން މިނިސްޓްރީގައި ސިންގަލް ޔޫސް ޕްލާސްޓިކްތައް މަދުކޮށް، ތިމާވެށި ރައްކާތެރިކުރުމާއި ހިމާޔަތްކުރުމަށް ބާރުއެޅޭނެކަމަށް އެ މިނިސްްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް