އުފެއްދުންތެރި ދަރިވަރުންތަކެއް ބިނާ ކުރުމަށް ‘ވޮއިސް’ގެ ފަރާތުން އިނގުރައިދޫ ސްކޫލަށް ކެމެރާ ސެޓެއް ހަދިޔާކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އުފެއްދުންތެރި ދަރިވަރުންތަކެއް ބިނާ ކުރުމަށް ‘ވޮއިސް’ގެ ފަރާތުން އިނގުރައިދޫ ސްކޫލަށް ކެމެރާ ސެޓެއް ހަދިޔާކޮށްފިއެވެ.
މި ކެމެރާ ސެޓް އިނގުރައިދޫ ސުކޫލާއި ހަވާލުކޮށްދެއްވީ ވޮއިސްގެ ސީއީއޯ މުހައްމަދު ސައިޒަން އެވެ.
މިއީ، އަރަމުން އަންނަ ޖީލަކީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އަހުލުވެރި، އަދި އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، އުފެއްދުންތެރި މަސައްކަތްތަކެއް ކުރަން އެނގޭ ބަޔަކަށް ހެދުމުގެ މަގުސަދުގައި ހަދިޔާ ކުރެވުނު އެއްޗެކެވެ.

އަދި މި ކެމެރާ ސެޓްގެ އެހީގައި އިނގުރައިދޫ ސުކޫލުގެ އެކި އެކި ހަރަކާތްތައް ލައިވް ކުރުމާއި، އެކި މުނާސަބާތަކާއި ގުޅެ ގޮތުން ވީޑިއޯ ރިޕޯޓްތައް ފަދަ އެއްޗެހި ހެދުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެކަން ފާހަގަކޮށްލަންޖެހެއެވެ. އޭގެ ސަބަބުން، އެކުދިންގެ އުފެއްދުންތެރި ކަމުގެ ހުނަރުވެސް އިތުރުވެ، ވަޒީފާގެ މައިދާނަށް ނުކުންނައިރު ކުދިންނަކީ ހުނަރުވެރި ދަރިވަރުންނަށް ވެގެންދާނެއެވެ.

ކުރިއަށް އޮތް މުސްތަގުބަލުގައިވެސް ވޮއިސްގެ ފަރާތުން އިތުރު މިފަދަ އިތުރު އެހީތައް ދަރުވަރުންނަށް ފޮރުކޮށްދެވިގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް