މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ކުޅުނު މެޗްގެ ތެރެއިން... ފޮޓޯ: ޕްރިމިއާ ލީގް
މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ކުޅުނު މެޗްގެ ތެރެއިން... ފޮޓޯ: ޕްރިމިއާ ލީގް
ކުޅިވަރު 05 Jan 2026 | 04:07

މެންޗެސްޓަރ ސިޓީ އާއި ޗެލްސީ މެޗް އެއްވަރުވުމުން ހުރިހާ މޮޅެއް އާސެނަލަށް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗަށް ޗެލްސީން ނިކުތީ، މިހާތަނަށް ކޯޗްކަމުގެ މަގާމުގައި ހުރި އެންޒޯ މަރެސްކާ އިސްތިއުފާ ދިނުމާ ގުޅިގެން ވަގުތީ ކޯޗެއްގެ ބެލުމުގެ ދަށުންނެވެ. މިމެޗްގައި ޗެލްސީގެ ޓީމަށް އިރުޝާދު ދީފައިވަނީ، މެކްފާލޭން އެވެ.

މެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހައި ކުރި ހޯދީ މެންޗެސްޓަރ ސިޓީއެވެ. އެއީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއިންޑާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސިޓީން ލަނޑެއްޖަހައި ލީޑް ނަގާފައިވަނިކޮށް ޗެލްސީން އެއްވަރުކޮށްފައިވަނީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ފެނާންޑެޒް އެވެ.

މެޗްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް ސިޓީން އުފެއްދިނަމަވެސް ޗެލްސީގެ ކުޅުންތެރިންވެސް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ރޭގެ މެޗް އެއްވަރުވުމުން އެކަމުގެ ފައިދާ އެންމެ ބޮޑަށްކުރި ޓީމަކީ ތާވަލްގެ އެންމެ ކުރީގައި އޮތް އާސެނަލް އަށެވެ. މިމެޗުން މެންޗެސްޓަރ ސިޓީ މޮޅުވިނަމަ އާސެނަލް އާ ދެމެދު އޮތް ޕޮއިންޓް ފަރަގު 4 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބުނީހެވެ. ނަމަވެސް މެޗް އެއްވަރުވުމުން ދެޓީމްގެ ދެމެދު މިހާރު 6 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ރޭގެ މެޗް އެއްވަރުވުމުން ތާވަލްގެ ހަތަރުވަނައަށް އެރުމަށް ޗެލްސީ ކުރަމުން އައި އުއްމީދުވެސް ވަނީ ގެއްލިފައެވެ.

ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް

1- އާސެނަލް 48

2- މެންޗެސްޓަރ ސިޓީ 42

3- އެސްޓަން ވިލާ  42

4- ލިވަޕޫލް  34

5- ޗެލްސީ   31

6- މެންޗެސްޓަރ ޔުނައިޓެޑް  31

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކުޅުނު އެހެނިގެން މެޗްތަކުގެ ނަތީޖާތަކަށް ބަލާއިރު، އެވަޓަން އާއި ބްރެންޓްފޯޑް ބައްދަލުކުރިމެޗް 4-2 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ކާމިޔާބުކުރިއިރު، ނިއުކާސަލް ޔުނައިޓެޑާ ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުކާސަލްއެވެ. ސްޕާސް އާ ސަންޑަލޭންޑް ބައްދަލުކުރިމެޗް 1-1 ގެ ނަތީޖާއަކުން ނިމުނުއިރު، ފްލަމް އާއި ލިވަޕޫލް ބައްދަލުކުރިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑާއި ލީޑްސް ބައްދަލުކުރިމެޗްވެސް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.