ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބު ވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިއަދު އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކުރި ހޯދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މިހާތަނަށް ނަތީޖާ ލިބުނު ގިނަ ފޮށިތަކުން ނަޝީދު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެެވެ. މަދު ބައެއް ވޯޓްފޮށި ތަކުން މީކާއީލް ވެސް ކުރި ހޯއްދަވާފައިވެ އެވެ. މީކާއީލް ނިސްބަތްވާ ދާއިރާއިން ވެސް ކުރި ހޯއްދެވީ ވެސް ނަޝީދެވެ.
ސިޓީތަކާއި ބޮޑެތި ރަށްތަކުން ވެސް ކުރި ހޯއްދެވީ ވެސް ރައީސް ނަޝީދެވެ.
މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ނަޝީދު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މީކާއީލް ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދުގެ ސަޕޯޓަރުން މިހާރު ވަނީ އުފާފާޅުކުރުމަށް އާޓިފިޝަލް ބީޗަށް ޖަމާވެފަ އެވެ. ނަޝީދުވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި މެންބަރުންނާއި ސަލާމް ކުރައްވާ އުފާފާޅުކުރުމުގައި ދަނީ ބައިވެރިވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް