ހިލޭ ފުރަތަމަ ޑިގްރީ ލިބޭ ސްކީމް އިފްތިތާހުކުރުމުގެ ތެރެއިން؛ ފޮޓޯ / ރައީސް އޮފީސް
ހިލޭ ފުރަތަމަ ޑިގްރީ ލިބޭ ސްކީމް އިފްތިތާހުކުރުމުގެ ތެރެއިން؛ ފޮޓޯ / ރައީސް އޮފީސް
ހަބަރު 24 Sep 2026 | 13:53

ފުރަތަމަ ޑިގްރީ ސްކީމުން ޝަރުޠު ހަމަނުވާ ދަރިވަރުންނަށް ނުވަ މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އޮޑިޓް

ކުރިން ޑިގްރީ ޙާޞިލުކޮށްފައިވާ 271 ދަރިވަރަކަށް ސަރުކާރުގެ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން 9,365,475 ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ޕާފޯމަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި 2019 ވަނަ އަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން 2024 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އެ ސްކީމަށް 19,265 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 85 އިންސައްތައަކީ ސްކީމުގައި ޢަމަލީ ގޮތުން ބައިވެރިވި 16,388 ދަރިވަރުންނެވެ. އެ މުއްދަތުގައި ދައުލަތުން ޖުމްލަ 835,697,911 ރުފިޔާ މި ސްކީމަށް ހޭދަކޮށްފައިވާ ކަމަށާއި އެއީ އެވެރެޖުކޮށް އަހަރަކު 139,282,985 ރުފިޔާ ކަމަށް ރިޕޯޓުގައިވެއެވެ.

ސްކީމުގެ އުސޫލު ބުނާ ގޮތުން ބައިވެރިވެވޭނީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހޯދާފައި ނުވާ ފަރާތްތަކަށެވެ. ނަމަވެސް, ކުރިން ޑިގްރީ ނަގާފައިވާ ފަރާތެއްތޯ ކަށަވަރުކުރެވޭނެ މަރުކަޒީ ނިޒާމެއް ޤާއިމުކޮށްފައި ނެތުމާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) މެދުވެރިކޮށް އެކަން ބެލުމުގެ ޒިންމާ އެއްވެސް އިދާރާއެއްގެ މެންޑޭޓުގައި ރަނގަޅަށް ކަނޑައެޅިފައި ނެތުމުން ޝަރުޠު ހަމަނުވާ ފަރާތްތަކަށް ފައިސާ ދޫވެފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓުން ފާހަގަވި އިތުރު މައްސަލައަކީ ޕްރޮގްރާމް ފުރިހަމަނުކޮށް ހުއްޓައިލި 790 ދަރިވަރަކަށް 19,091,797 ރުފިޔާ ޚަރަދުވެފައިވާ އިރު އެ ފައިސާ އަނބުރާ ހޯދުމުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނެތުމެވެ. ދަރިވަރުން ކިޔެވުން ފުރިހަމަކުރޭތޯ މޮނިޓާކުރެވޭ ނިޒާމެއް ނެތުމުގެ އިތުރުން ޑިގްރީ ޙާޞިލުކުރި ދަރިވަރުންގެ ޢަދަދު އެނގޭނެ ރެކޯޑެއް ވެސް ބެލެހެއްޓިފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

ހަމައެއާ އެކު، ސްކީމުގެ ދަށުން ކިޔަވަމުން ދިޔަ ނަމަވެސް ދަރިވަރުގެ ޖީބުން ކުރަން ޖެހޭ ޚަރަދު ބޮޑުވަމުން ގޮސްފައިވާ ކަމަށް ވެސް އޮޑިޓުން ދައްކައެވެ. ޕްރޮގްރާމް ފީގެ ގޮތުގައި 60,000 ރުފިޔާއަށް ވުރެ އިތުރަށް ދަރިވަރު އަމިއްލައަށް ދައްކަން ޖެހޭ ޕްރޮގްރާމްތަކުގެ ނިސްބަތް 15 އިންސައްތައިން 46 އިންސައްތައަށް އުފުލިފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ކަންކަން ޙައްލުކުރުމަށް ތަޢުލީމީ މަރުކަޒުތަކާ ގުޅިގެން ދަރިވަރުންގެ ކިޔެވުން ބެލެހެއްޓޭނެ ހަރުދަނާ މަރުކަޒީ ނިޒާމެއް ޤާއިމުކުރުމަށާއި ކިޔެވުން ފުރިހަމަނުކޮށް ހުއްޓައިލި ފަރާތްތަކަށް ދޫކުރި ފައިސާ އަނބުރާ ހޯދުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ސްކީމް ހިންގޭނެ ގޮތަށް އުސޫލުތައް މުރާޖަޢާކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ ދީފައެވެ.

ސަރުކާރުގެ ފުރަތަމަ ޑިގްރީ ސްކީމަކީ ދިވެހި ރައްޔިތުންނަށް ޓިއުޝަން ފީއާ ނުލައި ބެޗެލާސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް ހިންގާ ސްކީމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.