ގެމަނަފުށީ މިސްކިތުގެ މަސައްކަތްތަކުގެ އަދާހަމަ އާރްޑީސީން ދީފި
ގއ. ގެމަނަފުށީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތްތަކުގެ އަދާހަމަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިއްސާ ކޮށްފިއެވެ.
މި މަޝްރޫއުއަކީ އެ ކޯޕަރޭޝަނުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އާރްޑީސީން މިއަދު ”އެކްސް“ ގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގއ. ގެމަނަފުށީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތްތަކުގެ ތެރެއިން ބީމް ޝަޓަރިންގ، ފޯމްވޯކް އަދި ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށެވެ.
ގެމަނަފުށީ މިސްކިތުގެ މަސައްކަތުގެ ތެރެއިން ވުޟޫ ކުރުމަށް ހާއްސަ ސަރަހައްދު ހެދުމަށް ތައްޔާރުވެ، އަދި ރެއިންފޯސްޓުގެ މަސައްކަތްވެސް ޑިސެންބަރުމަހުގެ 8 ވަނަ ދުވަހު އާރްޑީސީއިން ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް