ގދ.ގައްދޫ
ގދ.ގައްދޫ
ހަބަރު 21 Sep 2026 | 12:56

ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.

އެކަން ހާމަކޮށް އެ ރަށު ކައުންސިލުން ބުނީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށް މިފެށުނު ޚިދުމަތް މެދުކެނޑިފައިވަނީ ޒިންމާދާރު ބައެއްގެ އިހުމާލުން އަދި މިކަމުގައި މާލީ ބޮޑެތި ފައިދާތަކެއް ހޯދުމުގައި ހިންގި ޤާނޫނާއި، ޤަވާޢިދާއި، ޚިލާފް އެތައް ކަމެއްގެ ސަބަބުން ކަމަށެވެ.

އެރަށު ކައުންސިލުން ބުނީ ފަސް ވަނަ ދައުރުގެ ކައުންސިލަރުން މަސައްކަތަށް ނުކުތުމުގެ ފަހުން ވެސް ލައިސަންސްގެ ކަންކަމުގައި ގިނަ ޝަކުވާތަކެއް ލިބުނު ކަމަށެވެ. މިގޮތުން މި މަހުގެ ހަވަނަ ދުވަހު ގައްދޫ ކައުންސިލްގެ ރައީސަށް ލިބުނު ވަރަށް އިތުބާރުހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، ބެލިބެލުމުން ލައިސަންސް ދޫކޮށްފައިވަނީ ޤަވާޢިދާއި، ޚިލާފަށް ލައިސަންސް ނެގިމީހާ މާލޭގައިހުރެ 30 އޮގަސްޓް ގައި ލައިސަންސަށް އެޕްލައިކޮށް 31 އޮގަސްޓް ގައި ގައްދޫ ކައުންސިލުން މިލައިސަންސް އިޝޫކޮށްގެން ކަމަށް ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ބެލިބެލުމުން މިކަމަކީ ހަތަރު ވަނަ ދައުރުގެ ކައުންސިލްގެ ބައެއް މެމްބަރުންގެ ބައިވެރިވުމާއިއެކު ހިންގާފައިވާ ނާތަހުޒީބު ޖަރީމާއެއް ކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ. އަދި މިފަދަ ހުރިހާ ކަންކަމާއި ގުޅިގެން އިދާރާގެ ސިވިލްސާވިސްގެ މުވައްޒަފުންނަށް މި ހާލަތުގައި މަޖުބޫރުން ވަރަށް ގިނަ ކަންކަން ކުރަންޖެހި މީގެ ނަތީޖާއަކީ ހުރިހާ ގެއްލުމެއް ތަޙައްމަލް ކުރަންޖެހެނީ އެ މުވައްޒަފުން ކަމުގައި ވެސް ކައުންސިލުން ބުނެ އެވެ.

ގައްދޫ ކައުންސިލުން ބުނީ މި މަހުގެ 17 ވަނަ ދުވަހު ކަމާއިގުޅޭ މިނިސްޓްރީގެ އިސް ދެ ބޭފުޅުން އެރަށަށް ވަޑައިގެން މޮނިޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިކަމުގެ ތެރެއިން ޤަވާޢިދާއި، ޚިލާފަށް ގިނަކަންކަން މިކަމުގައި ހިނގާފައިވާކަން އެ ބޭފުޅުން ވެސް ފާހަގަކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިގޮތުން ގްރޭޓާ މާލޭ ސަރަޙައްދުގައި، މާލެއިން ލައިސަންސް ނަގާފައިވާ ޢަދަދާއި، ދާދި އެއްވަރަކަށް ގައްދޫއިން ލައިސަންސް ދޫކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. ވޭތުވިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގައްދޫއިން 1600 އަށްވުރެ ގިނަ ލައިސަންސް ދޫކޮށްފައިވެ އެވެ. މިއީ މަހަކަށް 133 ވަރަކަށް ލައިސަންސް އެވެ.

މިކަމުގައި ޙަރަކާތްތެރިވެފައިވާ އެގްޒަމިނަރުންގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބަލާއިރު ހަފްތާއަކަށް ދެތިންމީހުންވެސް ޕްރެކްޓިކަލް ހަދާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.

އެއްގަމާއި، ކަނޑު ލައިސަންސްގެ ޚިދުމަތް ފެށުމަށް ކަމާއި، ގުޅުންހުރި ސަރުކާރުގެ ފަރާތްތަކާއި، މަޝްވަރާކޮށް ކައުންސިލުން މަސައްކަތް ކުރަމުންދާކަން އެ ކައުންސިލުން ފާހަގަކޮށް ބުނީ ހިނގަމުންދާ ކައުންސިލްގެ ފަސް ވަނަ ދައުރުގައި މިފަދަ ނާތަހުޒީބު ޖަރީމާތަކާއި، ވައްކަމާއި، ޚިޔާނާތް ގައްދޫ ކައުންސިލުން ނުހިގާނެ ގޮތަށް އިދާރާގެ ކަންކަން އިންތިޒާމްކޮށް، މުޅި ރައްޔިތުންނަށް އެންމެ ފައިދާހުރި ކަންކަމުގައާއި، އަދި ޤާނޫނާއި، ޤަވާޢިދު ތަންފީޒްކުރުމުގައި ކައުންސިލުން ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަންދޭ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...