ދިޔާޝް އަށް ހިމަބިހި ޖެހުނު، ނަމަވެސް ނިޔާވީ އެ ބަލީގެ ސަބަބުން ނޫން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިއަދު ނިޔާވި ޒުވާނައަށް ހިމަބިހި ޖެހިފައިވާ ކަމަށާ ނަމަވެސް ނިޔާވީ އެ ބަލީގެ ސަބަބުން ނޫން ކަމަށް ވޮއިސްއަށް އެނގިއްޖެ އެވެ.
ކަމާގުޅޭ އިދާރާތަކުން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ބުނީ މިއަދު ނިޔާވި ޒުވާނާއަށް ހިމަބިހި ޖެހުނު ކަމަށެވެ. ނަމަވެސް އޭނާ ނިޔާވީ އެ ބަލީގެ ސަބަބުން ނޫން ކަމުގައި ވަނީ ބުނެފަ އެވެ.
ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާއަށް ހިމަބިހި ޖެހުނީ ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.
މިއަދު ނިޔާވީ ގދ. ފިޔޯރީ, ޑްރީމީލައިޓް އުމުރުން 24 އަހަރުގެ އިބްރާހިމް ދިޔާޝް ރަޝީދު އެވެ. ދިޔާޝްގެ ޖަނާޒާ މިރޭ މަޣްރިބު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ދުވަސްވަރެކެވެ. ނަމަވެސް އެ ބަލީގައި އަދި މީހަކު ނިޔާވެފައެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް