ތިން ރައީސުން
ތިން ރައީސުން
ހަބަރު 17 May 2026 | 12:22

ތިން ރައީސުންގެ މަންދޫބުން ކަނޑައަޅައިފި

މީޑިއާތަކަށް މިނިވަންކަން ހޯދައިދީ، ޚިޔާލުފާޅުކުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެކުގައި މަސައްކަތް ކުރައްވަން ނިންމެވި ކުރީގެ ތިން ރައީސުންގެ މަންދޫބުން ކަނޑައަޅުއްވައިފިއެވެ.

ނޫސްވެރިން ހައްޔަރުކޮށް، މިޑިއާތަކަށް ހުރަސް އަޅަމުންދާތީ އެކަން ނިމުމަކަށް ގެނައުމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އާއި، މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމަވާފައެވެ.

ތިން ރައީސުންގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި، އެހެނިހެން ކަންކަން ކުރެއްވުމަށް ކޮމިޓީއެއް އުފައްދަވާނެ ކަމަށާ އެ ކޮމިޓީގައި ތިން ބޭފުޅުންގެ ފަރާތުންވެސް މަންދޫބުން ތިއްބަވާނެ ކަމަށް މިމަހު 15 ގައި ތިން ރައީސުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

އަދި މިއަދު ވަނީ ތިން ރައީސުންގެ ފަރާތުން އުފައްދަވާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ކޮންމެ ރައީސެއްގެ ފަރާތުން ދެ މްންދޫބަކު ހަމަޖައްސާފައެވެ.

އެގޮތުން އައްޔަނު ކުރެވުނު މަންދޫބުންނަކީ؛

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އައްޔަނު ކުރެއްވީ:

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައިސް އީވާ އަބްދުالله  އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ފަރާތުން އައްޔަނު ކުރެއްވީ:

ޕީއެންއެފްގެ ނައިބު ރައީސް މުހައްމަދު މަލީހު ޖަމާލު

މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން އައްޔަނު ކުރެއްވީ:

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ)

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު
21 Nov 2026 ހަބަރު

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުލިބި، އެކަން ދެފުށް ނުފެންނަ ގޮތަށް ހިނގަމުންދިއުމެވެ