ދަނގެތި ކައުންސިލް.. ފޮޓޯ: ސޯޝަލް މީޑިއާ
ދަނގެތި ކައުންސިލް.. ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު 25 Nov 2025 | 15:28

ދަނގެތީ ކައުންސިލުން ބެންކޮކަށް ކުރި ދަތުރުގެ ނިޔަތް އޮޑިޓަރ ޖެނެރަލަށް ގޯސްވެއްޖެ

އދ.ދަނގެތީ ކައުންސިލުން 2023 ވަނަ އަހަރު ބެންކޮކަށް ކުރި ދަތުރު ދައުލަތުގެ އޮޑިޓަރ ޖެނެރަލަށް ގޯސްވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި ދަނގެތީ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް ރިޕޯޓްގައި ބުނެފައިވަނީ އެރަށު ކައުންސިލުން 2023 ވަނަ އަހަރު ތައިލެންޑަށް ތަޖުރިބާ ހޯދުމުގެ ދަތުރެއް ކޮށްފައިވާކަމަށެވެ. ތައިލެންޑަށް ކުރި ތަޖުރިބާ ދަތުރަށް ދައުލަތުގެ ބަޖެޓުން 90،668 ރުފިޔާ ހޭދަކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ ދަނގެތީ ކައުންސިލުން ކުރި މި ހޭދައަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އެންމެހާ އިދާރާތަކަށް މާލިއްޔަތާ ބެހޭ ސާކިއުލާއިން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދެއްކަމުގައި ބެލެވެން ނެތްކަމަށެވެ.

އެއަހަރުގެ އޮކްޓޯބަރުމަހުގެ 12 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ތއިލެންޑަށް ކުރި ދަތުރުގައި ބައިވެރިވެފައިވަނީ 2 ކއުންސލް މެމްބަރުންނާއި  ސެކެރެޓަރީ ޖެނެރަލް އާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 މެމްބަރުންގެ އިތުރުން އިދާރީ 4 މެމްބަރުންނާއި އަދި ކައުންސިލް އިދާރާއިން އައުޓްސޯސްކުރި ބައެއް މީހުން ހިމެނޭހެން ޖުމްލަ 13 ބޭފުޅުންނެވެ. އޮޑިތަރ ޖެނެރަލް ވިދާޅުވެފައިވަނީ 9 ދުވަހުގެ މި ދަތުރު ކޮށްފައިވަނީ ދަތުރަށް ހިނގާނޭ ހަރަދުގެ ފައިސާ ލިބޭނޭ އެހެން ގޮތްތަކެއް ނުހޯދައިކަމަށެވެ.

މި ދަތުރުގެ ފްލައިޓް ޓިކެޓް އަމިއްލަ ހަރަދުގައި ނެގިއިރު، ކެއިންބުއިމުގެ ހަރަދުތައް ހަމަޖައްސާފައިވަނީ ކައުންސިލް ބަޖެޓުންކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓަށް ކައުންސިލުން މައުލޫމާތު ދީފައިވަނީ އެ ދަތުރުކޮށްފައިވަނީ އދ ދަނގެތީގައި މިހާރު ފައްތަމުންގެންދާ ސަގާފީ މަރުކަޒު ޕްރޮޖެކްޓާއި، އަދި ޔޮޓްމެރީނާ ޕްރޮޖެކްޓްގެ ބީއޯޓީ އުސޫލުން ޕްރޮމޯޓްކުރުމަށް ޝައުގުވެރިވާނޭ ފަރާތެއް ހޯދުމާއި ކައުންސިލްތައް އަމިއްލަ ފައިމައްޗަށް ތެދުވެ، ރަށުގެ ތަރައްޤީއާ ފުދުންތެރި އިގްތިސާދެއް ގާއިމްކުރުމަށް ދުނިޔޭގެ ތަހްޒީބްވެފައިވާ ގައުމުތައް ނަމޫނާއަކަށް ބަލައިގަނެ އެމަގުން ކަންކަން ކުރުމަށެވެ.

އޮޑިތަރ ޖެނެރަލްވަނީ އެކަންކަން އެގޮތަށް ކުރުމަށް އެފަދަ ކަންކަމާ ގުޅޭ ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތައް ހުރިއިރު އެފަރާތްތަކާ ގުޅިގެން ދަތުރުތައް ކުރިއަށްގެންދިއުމުން ޤައުމީ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނޭކަމަށެވެ. ނަމަވެސް ކައުންސިލް އިދާރާއިން ތައިލެންޑަށް ދިއުމުގެ ކުރިން މިފަދަ ކަންކަމާ ގުޅޭ ދައުލަތުގެ  އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކާ މަޝްވަރާކޮށްފައިވާކަން ލިޔުމުން އެނގެން ނެތްކަން ފާހަގަކުރެވޭކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.