N/A
N/A
ހަބަރު 03 Dec 2018 | 09:41

އިޒްރޭލާއި ދެކޮޅުވުމުން ސީއެންއެންގެ ކޮމެންޓޭޓަރަކު ވަކިކޮށްފި

ފަލަސްތީނުގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން ލިބެން ޖެހޭނެކަމަށްބުނެ ވާހަކަދެއްކުމުން، ސީއެންއެންގެ ސިޔާސީ ކޮމެންޓޭޓަރަކު މަގާމުން ވަކިކޮށްފިއެވެ.

މާކް ލެމޮންޓް ހިލް ނަމަކަށް ކިޔާ މިމީހާ ވަކިކޮށްފައިވަނީ ފަލަސްތީނާއި އެކު އެއްބައިވަންތަކަން ދެއްކުމުގެ ބައިނަލްެއަގްވާމީ މުނާސަބަތުގައި އދ.ގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަސަރުގަދަ ތަގުރީރެއް ދީފައިވަނިކޮށެވެ.

މި ތަގްރީރުގައި މާކް ވަނީ ބަހުގެ ޒަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންނާއި އެއްބައިވަންތަކަން ދެއްކުމުގެ ބަދަލުގައި ސިޔާސީ ހަރަކާތްތަކުން އެއްބައިވަންތަކަން ދެއްކުމުގެ ފުރުސަތު މިއަދު އެބައޮތްކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ އިންސާފުކަމުގައިވާ ކޯރުން ފައްޓައިގެން ކަނޑާއި ހަމައަށް މިނިވަން ފަލަސްތީނެއް ލިބިގެންދާނެކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް މިހެން މާކް ބުނިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ހުރި މަގާމުން އޭނާ ވަކިކޮށްފައިވާކަމަށް ސީއެންއެންއިން ވަނީ ބުނެފައެވެ. މިކަން ކޮށްފައިވާ ދަނޑިވަޅަކީ، އޭނާ އެމަގާމުން ވަކިކުރުމަށާއި، އޭނާގެ ވާހަކަތަކަކީ އިޒްރޭލަށް ހުރި ނުރައްކާތެރި ވާހަކަތަކެއްކަމަށް ބުނެ ބަޔަކު ގޮވާލާފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ.

ކޮލެޖް ޕްރޮފެސަރެއްގެ މަގާމުވެސް އަދާކުރާ މާކް މަގާމުން ވަކިކުރުމަކީ ސީއެންއެން ފަދަ އެމެރިކާގެ މިނިވަންކަމަށް މީޑިޔާއެއްގެ މިނިވަންކަމާއިމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.