އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ނަތީޖާ ލިބެން ފަށައިފި، ފިޔޯރީއާ ފީއަލި ގައި އަލުން ވޯޓް ނަގަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ހަމަނުޖެހުން ބޮޑުވި ދެ ރަށުގައި އަލުން ވޯޓް ނަގަން ނިންމައިފި އެވެ.
އެކަން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން ވަނީ ޔަގީންކޮށްދީފަ އެވެ. ވޯޓްފޮށި ފަޅާލާ, ވޯޓް ފޮށި ގެންދިއުމުން ހަމަނުޖެހުން ބޮޑުވީ ގދ. ފިޔޯރީއާ ފ. ފީއަލި ގަ އެވެ.
އެ ދެ ރަށުގެ މައްސަލަ އިންތިހާބާ ބެހޭ ކޮމެޓީން ބެލުމަށް ފަހު ނިންމީ އަލުން ވޯޓް ނެގުން ކުރިއަށް ގެންދާށެވެ. އެއީ އެ ދެ ރަށުގައި ހިނގި ކަންކަމާއި ގުޅިގެން ވޯޓްގެ ސައްހަކަން ގެއްލިފައިވާތީ އެވެ. ނަމަވެސް ވޯޓް ނަގާނެ ދުވަހެއް އަދި ނުނިންމަ އެވެ.
ޗެއާޕާސަން އިންތިހާބުގެ ވޯޓް ނެގުން އޮތީ މެންދުރު 2:30 އިން ފެށިގެން މިރޭ 9:00 އާ ހަމައަށެވެ. މިހާރު ދަނީ ހުރިހާ މަރުކަޒެެއްގައި ހެން ވޯޓް ގުނަމުންނެވެ. އަދި ބައެއް މަރުކަޒުތަކުން ވަނީ ވޯޓްގެ ނަތީޖާވެސް ލިބިފަ އެވެ. އެއީ މަދު އަދަދަކަށް މީހުން ވޯޓްލީ ރަށްތަކާއި މަރުކަޒުތަކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް