މުޝްފިގުގެ މައްޗަށް މާދަމާ ހުކުރު ނަމާދަށް ފަހު ކަށުނަމާދު ކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލާމު އަތޮޅުގެ ތ އަތޮޅުގެ ރަށްތަކާއި މާލެއާ ދެމެދު ދަތުރުކުރާ "ހޮޅުދޫ ބޯޓް" ގައި މި މަހުގެ ދެވަނަ ދުވަހުގެ ހިނގި ނުރައްކާތެެރި އަލިފާނުގެ ހާދިސާގައި ގެއްލުނު ޒުވާނާގެ މައްޗަށް މާދަމާ ކަށުނަމާދު ކުރަން ނިންމައިފި އެވެ.
މި ހިތާމަވެރި ހާދިސާގައި ގެއްލިފައި ވަނީ ލ. މާވަށު އަހިމާގެ, އުމުރުން 25 އަހަރުގެ އަލީ މުޝްފިޤް މުހައްމަދު ޝަރީފެވެ.
އެ ޒުވާނާ ހޯދުމަށް ޑައިވް ކޮށްގެންނާއި ކަނޑުމަތީން އަދިި ވައިގެ މަގުން ބޮޑު ސަރަހައްދެއް ވަނީ ބަލާފަ އެވެ. ނަމަވެސް މިހާތަނަށް ފެނިފައެއް ނުވެ އެވެ.
މާވަށު ކައުންސިލުން ބުނީ ޒުވާނާގެ މައްޗަށް މާދަަމާ ހުކުރު ނަމާދަށް ފަހު ޣައިބަަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކަށުނަމާދު އޮތީ އެ ރަށު މަސްޖިދު ބިލާލުގަ އެވެ.
ކައުންސިލުން ވަނީ ޕޯސްޓެއް އާންމުކޮށް ވީހާވެސް ގިނަ ބަޔަކު ކަށުނަމާދުގައި ބައިވެރިވާން އެދިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް