ޅ.ކުރެންދޫ ޞިއްޙީ މަރުކަޒު އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ޅ.ކުރެންދޫ ޞިއްޙީ މަރުކަޒު އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޅ.ކުރެންދޫ ޞިއްޙީ މަރުކަޒު އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
ޅ.ކުރެންދޫ ޞިއްޙީ މަރުކަޒު އައު އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީއާ އެވެ.
އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގައި 4 އެނދުގެ ވޯޑަކާއި ނާރސް ސްޓޭޝަން، އެކްސްރޭ ރޫމް އަދި ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކޮޓަރިއަކާއި ޕްރައިވެޓް ކޮޓަރިތައްވެސް ހިމެނޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް