ފަލަސްތީނުގެ ޝަހީދުވެފައިވާ މީހުންގެ ހަށިތަކެއް
ފަލަސްތީނުގެ ޝަހީދުވެފައިވާ މީހުންގެ ހަށިތަކެއް
ދުނިޔެ 12 Aug 2026 | 04:10

ބަދަލު ހިފުމުގެ ”ހަތިޔާރަކަށް“ ބޭނުންކުރުމަށް ފަލަސްތީނުގެ 1,700 މީހުންގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައިވާކަން ހާމަކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ނިރުބަވެރި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން، މުސްތަގުބަލުގައި ބަދަލުކުރެވޭ "ބާގޭނިންގ ޗިޕްސް"ގެ ގޮތުގައި ފަލަސްތީނުގެ 1,700 އެއްހާ މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވާކަން ހާމަވެއްޖެއެވެ.

އިސްރާއީލުގެ "ހާރެޓްޒް" ނޫހުން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަދަދު ހާމަވެފައިވަނީ އިސްރާއީލުގެ ސަލާމަތީ އިދާރާތަކުގެ މެދުގައި ދާދި ފަހުން ބޭއްވުނު މަޝްވަރާތަކެއްގެ ތެރެއިންނެވެ. މި މަޝްވަރާތަކުގައި އިސްރާއީލުގެ ޝިން ބެޓް ސެކިއުރިޓީ ސާވިސްގެ ވެރިޔާ ޑޭވިޑް ޒިނީ ވަނީ، ކުރިއަށް އޮތް ތަނުގައި އިސްރާއީލުގެ އެއްވެސް މީހަކު ރަހީނުކޮށްފި ނަމަ ބަދަލުގައި ބޭނުންކުރުމަށްޓަކައި މި ހަށިގަނޑުތައް ހިފެހެއްޓުމަށް ތާއީދުކުރައްވާފައެވެ. މި ނިންމުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ތާއީދުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޫހުން ބުނާ ގޮތުގައި، ހިފަހައްޓާފައިވާ ގިނަ ހަށިގަނޑުތަކަކީ 7 އޮކްޓޯބަރު 2023 ގެ ހަމަލާތަކުގައި ނުވަތަ އޭގެ ފަހުން ހިނގި ޤަތުލްއާއްމުތަކުގައި ޝަހީދުވި މީހުންގެ ހަށިގަނޑުތަކެވެ. އަދި، މީގެ ތެރޭގައި އެތައް އާންމުންގެ ހަށިގަނޑުތައް ވެސް ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ.

ގާނޫނީ މާހިރުން ވަނީ ހަނގުރާމައިގައި ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ނެތް މީހުންގެ ހަށިގަނޑު ހިފެހެއްޓުމުގެ ބާރު އިސްރާއީލަށް ލިބިގެން ނުވާކަމަށް ބުނެފައެވެ.

"ޕަލަސްތީނިއަން ނޭޝަނަލް ކެމްޕޭން ފޯ ދަ ރިޓްރީވަލް އޮފް މާޓީރްސް ބޮޑީސް" އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ދެކުނުގައިވާ އެސްޑޭ ޓޭމަން އަސްކަރީ މަރުކަޒުގައި އެކަނިވެސް ޣައްޒާގެ 1,500 އެއްހާ މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވެއެވެ.

ގަތުލްއާއްމު މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް، އިސްރާއީލުން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. މިގޮތުން އެއްބަސްވުމަށްފަހު ދިން ހަމަލާތަކުގައިވެސް 1,258 މީހުން ޝަހީދުވެ، 4,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާންމުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު، 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އަދި ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިކޮށްލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
06 Oct 2026 ދުނިޔެ

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލު...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
02 Oct 2026 ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ. ފަލަސްތީނުގެ ރަސްމީ...

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި
28 Sep 2026 ދުނިޔެ

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި

ޣައްޒާގައި ބޮޑު ޤަތުލުޢާއްމެއް ހިންގަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު، ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީއަށް ގޮސް އެ ޤައުމުގ...

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި
28 Sep 2026 ކުޅިވަރު

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި

ހަންގޭރީގެ ނަގްޔެރްދޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާ ދެކޮޅަށް އަޔަލެންޑްގެ ޤައުމީ ފުޓްބޯޅަ ޓީމުން ހިމޭން އިހ...

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން
26 Sep 2026 ހަބަރު

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން

އދ. ގެ ތެރެއިން ފަަލސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި ކަމަށާއި މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާ އަދާކުރުމަށް އެ އިދާރާގައި ހުންނަ ފަލަސްތީނުގެ މިޝަނުންގޮވާލައިފިއެވެ. އ...