އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތައް އާންމުކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އަންނަ އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އެ ޕާޓީން މިއަދު އާންމުކޮށް އެ އިސްލާހުތަކަށް އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
1 އޮކްޓޫބަރުން 3 އޮކްޓޫބަރުއަށް ބޭއްވުމަށް ތާވަލުކޮށްފައިވާ އެ ކޮންގްރެސްއަށް ޚިޔާލު ހުށަހެޅުމަށް ކުރިން ހުޅުވައިލި ފުރުސަތުގައި ލިބުނު އިސްލާހުތައް އެމްޑީޕީން މިހާރު ވަނީ ޝާއިޢުކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ؛
ބޮޑު ބަދަލު ސިޔާސަތު ކަރުދާސް
ލާމަރުކަޒީ ސިޔާސަތު ކަރުދާސް
އަސާސީ ގަވާއިދުގެ އިސްލާހު
މި އިސްލާހުތަކާ ގުޅޭ ގޮތުން އިތުރު ބަދަލެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް 20 ސެޕްޓެމްބަރު ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
ސިޔާސަތުގެ އިސްލާހަށް އިސްލާހު ހުށަހަޅާ ފޯމާއި އަސާސީ ގަވާއިދުގެ އިސްލާހަށް އިސްލާހު ހުށަހަޅާ ފޯމު އެ ޕާޓީން ވަނީ ލިބޭނެ ގޮތް ހަމަޖައްސައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް