އާރުޓީއެލް ފެރީ.. ފޮޓޯ: އެމްޓީސީސީ
އާރުޓީއެލް ފެރީ.. ފޮޓޯ: އެމްޓީސީސީ
ހަބަރު 28 Jul 2025 | 05:25

ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބ.އަތޮޅުގައި އާރުޓީއެލް ހިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުލާ އެއްގޮތަށް ބ.އަތޮޅަށް އާރުޓީއެލްގެ ހިދުމަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ވަނީ އާރުޓީއެލްގެ ހިދުމަތް ބ.އަތޮޅުގެ ރަށްތަކަށް ފެށިކަން ރަސްމީކޮށް މިއަދު އާއްމުކޮށް އިއުލާނުކޮށްފައެވެ. މިއީ އެމްޓީސީސީން އާރުޓީއެލްގެ ހިދުމަތްފެށި 11 ވަނަ އަތޮޅެވެ.

މިދިޔަ ޖޫންމަހު ރ އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ޖުލައިމަސް ނިމުމުގެ ކުރިން ބ.އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ދޭން ފަށާނޭކަމަށެވެ.

ބ.އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ދިނުމުގައި މިވަގުތަށް 2 ލޯންޗް ބޭނުންކުރާނޭކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެމްޓީސީސީން ބުނެފައިވަނީ ފުރަތަމަ ކުރާނީ އަހުލުވެރިވުމަށް ކުރާ ދަތުރުތައް ކަމަށާއި، މިދަތުރުތަކަށް ރައްޔިތުން އަތުން ފީ ނުނަގާނޭކަމަށެވެ. އާރުޓީއެލް ފެރީގެ ފީ ނަގާނީ އަންނަ އޮގަސްޓްމަހުގެ 4 ވަނަ ދުވަހުން ފެށިގެންކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އާރުޓީއެލް ފެށުމުގެ ކުރިން އެމްޓީސީސީން ކުރިއަށްގެންދިޔަ ޕްރޮގްރާމެއް..

ބ.އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ފެށުމާ ގުޅިގެން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ މި ހިދުމަތާއެކު ބ. އަތޮޅުގައި އެއަރޕޯރޓް ގާއިމްކޮށްފައިވާ 1 ރަށް ހިމެނޭހެން މީހުން ދިރިއުޅޭ 13 ރަށް ގުޅާލެވިގެންދާނޭކަމަށެވެ.

އެމްޓިސީސީން ބ.އަތޮޅުގެ ރަށްތަކުގައި އާރުޓީއެލް ފެރީގެ ހިދުމަތް ހަފްތާގެ 6 ދުވަހު ދިނުމަށް ވަނީ ނިންމާފައެވެ. އާރުޓީއެލްގެ ހިދުމަތް ބ.އަތޮޅުގައި ފެށިެގްނދިޔައިރު، އެންމެފަހުން މި ހިދުމަތް ފަށާފައިވަނީ ރ.އަތޮޅުގައެވެ. ބ.އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށިގެންދިޔައިރު، މިއަހަރު ނިމުމުގެ ކުރިން ދެންހުރި ހުރިހާ އަތޮޅަކަށް އެ ހިދުމަތް ފެށިގެންދާނޭކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.