ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމް
ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމް
ހަބަރު 26 Jan 2026 | 05:05

ދިވެހިންގެ އުއްމީދަކީ ފުޓްސަލް ޓީމް މިއަދު ސްރީލަންކާވެސް ބަލިކޮށް މުބާރާތް ނިންމާލުން

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ފިރިހެން ޓީމް މިއަދު އަވައްޓެރި ސްރީލަންކާއާ ދެކޮޅަށް ނިކުންނާނެއެވެ. މިއަދުގެ މެޗަށް ނިކުތުމުގެ ކުރިންވެސް ރާއްޖޭގެ ޓީމަށް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވެފައެވެ. އެހެންނަމަވެސް މުބާރާތުގައި ރާއްޖޭގެ ޓީމުން ހޯދަމުން އަންނަ ސައްތައިގެ ރެކޯޑް މުޅިން ނިންމާލެވޭނީ މިއަދު ލަންކާ އާ ދެކޮޅަށް ކުޅޭ މެޗުން އެޓީމް ބަލިކޮށްގެންނެވެ.

ރާއްޖެ މިއަދު ލަންކާ އާ ދެކޮޅަް ނިކުންނައިރު ދިވެހިންގެ އުއްމީދަކީ އެޓީމުވެސް ބަލިކޮށް މުބާރާތް ނިންމާލުމެވެ. ސޯޝަލް މީޑިއާގެ ކޮމަންޓްތަކަށް ބަލާއިރު، ދިވެހިންގެ އުއްމީދަކީ އެއީއެވެ.

މުބާރާތުގެ ފަހުމެޗްގައި މިއަދު ސްރީލަންކާ އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 ގައެވެ. މުބާރާތުގައި ސްރީލަންކާގެ ޓީމް އެންމެފަހުން ކުޅުނީ އިންޑިއާ އާ ދެކޮޅަށެވެ. އެމެޗް 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޑިއާއެވެ. މިފަހަރުގެ މުބާރާތުގައި ދިވެހި ޓީމް އިންޑިއާ ބަލިކޮށްފައިވަނީ، ތަފާތު ކުޅުމެއް ދައްކައި 5-0 ގެ ނަތީޖާއަކުންނެވެ.

ތައިލެންޑްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ބާކީ އެއްމެޗް އޮއްވައި ރާއްޖެ ކަށަވަރުކުރިއިރު، މުބާރާތުގެ މިހާތަނަށް ކުޅުނު ގިނަ މެޗްތައް  ރާއްޖެ ކާމިޔާބުކުރީ ތަފާތުބޮޑު ނަތީޖާތަކަކުންނެވެ. އެގޮތުން ފުރަތަމަ މެޗްގައި ޕާކިސްތާނު އަތުން 7-1 ގެ ނަތީޖާއަކުން މޮޅުވިއިރު ދެވަނަ މެޗް ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދާފައިވަނީ 6-1 ގެ ނަތީޖާއަކުންނެވެ. އިންޑިއާ އާ ދެކޮޅަށް ކުޅުނުމެޗް 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ބޫޓާން އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ނޭޕާލް އަތުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި ރައްޖޭގެ ޓީމް ދެއްކި ކުޅުމަށް ކޮމަންޓޭޓަރުންނާއި، އެހެން ޓީމުތަކުންވެސް ވަނީ ވަރަށްބޮޑަށް ތައުރީފްކޮށްފައެވެ. ރާއްޖެ މި މުބާރާތަށް ނިކުތްއިރު ޤައުމީޓީމް ފަރިތަކުރުންތައް ބާއްވާލާނެ އިންޑޯ ޕިޗެއްހާ ހިސާބުވެސް ރާއްޖެއަކު ނެތެވެ. ކުޅުންތެރިން ދެކޭގޮތުގައި މިފަހަރު މުބާރާތަށް ރާއްޖެއަށް އެހާ ރަނގަޅު ނަތީޖާއެއް ނެރެވުނީ ޗައިނާގައި ކުރިއަށްގެންދިޔަ ޓްރެއިނިން ކޭމްގެ ސަބަބުންނެވެ.

ރައްޖޭގައި އިންޑޯ ރަނަގޅު ދަނޑެއް އެޅި ވަސީލަތްތައް ތަރައްޤީކުރެވިއްޖެނަމަ މިއަށްވުރެ ރަނގަޅު ހަރުފަތަކަށް ދެވޭނޭކަމަށް ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.