ކަޝްމީރުގެ ޕާކިސްތާނުފަޅީޣައި ރައްޔިތުން މުޒާހަރާކުރަނީ... ފޮޓޯ:އޭއެފްޕީ
ކަޝްމީރުގެ ޕާކިސްތާނުފަޅީޣައި ރައްޔިތުން މުޒާހަރާކުރަނީ... ފޮޓޯ:އޭއެފްޕީ
ދުނިޔެ 05 Oct 2025 | 17:15

ޑިމާންޑްތަކަށް އެއްބަސްވުމުން ކަޝްމީރުގެ މުޒާހަރާ ހުއްޓާލައިފި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ކަޝްމީރުގެ ޕާކިސްތާނު ފަޅީގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް އަޅާނުލާތީ ފެށި މުޒާހަރާތައް ނިންމާލައިފިއެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ވިޔަފާރިވެރިން ނިކުމެ ފެށި މުޒާހަރާތައް ނިންމާލީ، މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް އިޖާބަދޭނެކަން ސަރުކާރުން އެންގުމުންނެވެ. ކަޝްމީރުގެ ޕާކިސްތާނު ފަޅީގެ ވެރިރަށް މުޒައްފަރު އާބާދުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދިޔަ އިހްތިޖާޖުގެ ތެރެއިން 10 މީހަކު މަރުވިއެވެ. ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އާއްމުންގެ 7 މީހަކާއި ފުލުހުންގެ 3 މީހަކު މަރުވިކަމަށް ރޮއިޓަރސްއިން ބުނެއެވެ.

މުޒާހަރާކުރާ މީހުންގެ ޑިމާންޑަކަށްވީ، ސަރަހައްދީ ސަރުކާރުގެ އޮފިޝަލުންނަށް އިނާޔަތްތައް އިތުރުކުރުމުގެ ބަދަލުގައި، އާއްމު ޚިދުމަތްތަކަށް ފައިސާ ޚަރަދުކުރުމެވެ. މުޒާހަރާތައް ނިންމާލީ، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާފަދަ ދާއިރާތަކަށް އިތުރަށް ޚަރަދުކުރަން ސަރުކާރުން އެއްބަސްވުމުންނެވެ. އެގޮތުން އެސަރަހައްދުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް 35 މިލިއަން ޑޮލަރު ޚަރަދުކުރުމަށްވެސް ސަރުކާރުން އެއްބަސްވިއެވެ.

މިދިޔަ އަހަރުވެސް ހަމަ އެސަރަހައްދުގައި މިފަދަ މުޒާހަރާތަކެއް ހިނގިއެވެ. 4 މީހަކު މަރުވިފަހުން މުޒާހަރަތާއް ހުއްޓާލީ، ކަރަންޓާއި ފުށަށް ސަބްސިޑީއެއް ދިނުމަށް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެއްބަސްވެވަޑައިގަތުމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
10 Oct 2026 ދުނިޔެ

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން 1,232 ހަމަލާއެއް ދީ، އެގައުމުގެ މަސްރަހު ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިކަމަށް ތަފާސްހިސާބުތަކުން ދައްކައިފ...

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި
06 Oct 2026 ދުނިޔެ

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި

ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުނ...

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
26 Sep 2026 ދުނިޔެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވި...

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް
25 Sep 2026 ދުނިޔެ

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގުޅިފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ސަޢޫދީ ޢަރަބިއްޔާ އާއި ތުރުކީ ...

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
23 Sep 2026 ހަބަރު

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި

ޕާކިސްތާންގެ ޤައުމީ އެއާލައިންސް (ޕީއައިއޭ) އިން އެ ކުންފުންޏަށް އާ މަތިންދާބޯޓުތައް ހޯދައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ ...